މީރާގެ އޭދަފުށީ ކަލެކްޝަން ސެންޓަރު ބްރާންޗަކަށް ބަދަލުކޮށް މާދަމާ ހުޅުވަނީ

މީރާގެ އޭދަފުށި ކަލެކްޝަން ސެންޓަރު
މީރާގެ އޭދަފުށި ކަލެކްޝަން ސެންޓަރު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ އަހަރު ޑިސެމްބަރުމަހު އޭދަފުށީގައި ގާއިމުކުރި ކަލެކްޝަން ސެންޓަރު ބްރާންޗަކަށް ބަދަލުކޮށް މާދަމާ އެތަން ރަސްމީކޮށް ހުޅުވަން ތައްރާވަމުން އެބަދެ އެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި މީރާގެ އޭދަފުށީ ބްރާންޗު ރަސްމީކޮށް ހުޅުވުމަށް މާދަމާ ހަވީރު އޭދަފުށީގައި ހާއްސަ ރަސްމިއްޔާތެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އާބާދީ އާއި ޓެކްސް ދައްކާ ފަރާތްތައް ގިނަ ސަރަހައްދުތަކަށް އިސްކަން ދީގެން މީރާގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާ ކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު އެ އޮފީހުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިމަހު ކުރީކޮޅުވަނީ ށ. ފޮނަދޫގައިވެސް މީރާގެ ބްރާންޗެއް ހުޅުވައިފަ އެވެ.

މި ބްރާންޗު ތަކުންވެސް މީރާގެ މައި އޮފީހުގައި ދޭ ހުރިހާ ހިދުމަތްތައް ވެސް ލިބޭނެ އެވެ. އެގޮތުން ވިޔަފާރިތައް ޓެކުހަށް ރަޖިސްޓްރީ ކުރުމާއި ޖީއެސްޓީ އަދި ބީޕީޓީ ބަޔާން ބަލައިގަތުމާއި ޓެކުހުގެ ފައިސާ އަދި ދައުލަތަށް ދައްކަން ޖެހޭ އިތުރު ފީތައް ބަލައިގަތުން ހިމެނެ އެވެ. އަދި ޓެކުހާ ބެހޭ މައުލޫމާތު އާންމުންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭދަފުށީގައި މާދަމާ ހުޅުވާ އޮފީހާއެކު މީރާގެ އޮފީހުގެ އަދަދު ހަތަކަށް އަރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.