
ބ.ކެންދޫ މޮނީޓަރިންގެ ހާލަތުން ނަގައިފި އެވެ.
މިމަހުގެ 27 ވަނަ ދުވަހު ކެންދޫ މޮނީޓަރިން ހާލަތަށް ގެނައީ މާލެ އިން ފުރައިގެން އުތުރުގެ އަތޮޅަކަށް ދަތުރުކުރި “އަމާޒު” ބޯޓުން ދަތުރުކުރި މީހަކު ބ. ކެންދޫގައި ކަރަންޓީނު ކުރުމާ ގުޅިގެންނެވެ.
ކެންދޫގެ އިތުރުން މޮނިޓަރިންގެ ހާލަތުގައި އޮތް ހއ. ދިއްދޫ އާއި އެ އަތޮޅު އުތީމު ވެސް ވަނީ މޮނިޓަރިން ހާލަތުން ނަގައިފަ އެވެ.
ރާއްޖެއިން މިހާތަނަށް 519 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާ އިރު، ގިނައީ ބިދޭސީންނެވެ. ބަންގްލަދޭޝްގެ 265 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވެ އެވެ.
