
ބ. އަތޮޅުހޮސްޕިޓަލުގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ އޮސްޕިޓަލުގައި ހަރަކާތްތަކެއް ފަށައިފި އެވެ.
އަހަރީ ދުވަހާ ގުޅުވައިގެން ބާއްވަމުންދާ ހަރަކާތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ ސީނިއާ ކޮމިޔުނިޓީ ހެލްތު އޮފިސަރު ސިދުގީ އަބްދުﷲ ވިދާޅުވީ އެ ހޮސްޕިޓަލުގެ އަހަރީ ދުވަހުގެ ހަރަކާތްތައް މިއަދުން ފެށިގެން އަންނަމަހުގެ 11 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން މާދަމާ ރޭ އާއްމު ރައްޔިތުންނަށާއި ހޮސްޕިޓަލުގެ މުވައްޒަފުންނަށް ދަތާބެހޭ މަޢުލޫމާތު ދިނުމުގެ އިތުރުން މާޗު 27، 28 ވަނަ ދުވަހު އެ ހޮސްޕިޓަލުގައި ދަތުގެ ޑޮކްޓަރެއްގެ ހިދުމަތް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް ސިދުގީ ވިދާޅުވި އެވެ.
މީގެ އިތުރުން އަންނަ ހުކުރުދުވަހު ހަވީރު މުވައްޒަފުންގެ ކުޅިވަރު ހަވީރެއް ބޭއްވުމާއި، އަހަރީދުވަހާ ގުޅުވައިގެން ޕިކްނިކު ދަތުރެއް ބޭއްވުމާއި އަދި ކުއިޒު މުބާރާތްއްވެސް އަހަރީދުވަހާ ގުޅުވައިގެން ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ އަހަރީ ދުވަހުގެ ހަރަކާތްތައް ފަށައިފައި ވަނީ އެ ހޮސްޕިޓަލުގައި މިއަދު ހެނދުނު ބޭއްވި ދިދަނެގުމުގެ ހާއްސަ ރަސްމިއްޔާތަށް ފަހުއެވެ.
ހުރިހާ މުވައްޒަފުންނަށް މަރުހަބާ