ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކީ-ސްޓޭޖް 1 ގެ ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން ބާއްވާ ފުޑް ފެއާއެއް މިއަދު ހަވީރު އެ ސްކޫލުގައި އޮންނާނެ އެވެ.
ހަވީރު 4:00 ން 6:00 އަށް ސްކޫލުގެ ގޯތި ތެރޭގައި ބާއްވާ މި ފުޑް ފެއާގައި ދިވެހި ރަހަތަކާއި ޒަމާނީ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ލިބެން ހުންނާނެ ކަމަށް އެ ސްކޫލުން ބުންޏެވެ.
އޭގެ ތެރޭގައި އެކި ކަށިކެޔޮ ފޯ، ތަފާތު ވައްތަރުގެ ކުޅިޖާކާ، ހުތް އަނބު، މުރަގަ ތޮޅި، މަޖާ، ތަފާތު ވައްތަރުގެ ބުއިންތައް އަދި ހެދިކާގެ އައިޓަމްތަކާއި ކޭކް ފަދަ އެއްޗެހި ހުންނާނެ ކަމަށް އެ ސްކޫލުން ބުންޏެވެ.
މި ފެއާއިން ތަކެތި ވިއްކައިގެން ލިބޭ ފާއިސާ ޚަރަދު ކުރާނީ ދަރިވަރުންގެ ކުރިއެރުމަށް ހިންގާ އެކި ހަރަކާތްތަކަށް ކަމަށްވެސް އެ ސްކޫލުން ބުންޏެވެ.