ހުޅުމާލޭގައި ރެޑްވޭވްގެ ސުޕަ މާކެޓެއް ހުޅުވައިފި

ރެޑްވޭވް އިން ހުޅުމާލޭގައި ރޭ ހުޅުވި ސުޕަމާކެޓް  -- ފޮޓޯ / އެޗްޑިސީ
ރެޑްވޭވް އިން ހުޅުމާލޭގައި ރޭ ހުޅުވި ސުޕަމާކެޓް — ފޮޓޯ / އެޗްޑިސީ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ރެޑްވޭވް ކުންފުންޏަށް ހުޅުމާލެއިން ދޫކޮށްފައިވާ ސުޕަ މާކެޓް ރޭ ހުޅުވައި ހިދުމަތްދޭން ފަށައިފި އެވެ.

ހުޅުމާލޭގެ ޗައިނާ ފްލެޓް ސަރަހައްދުގައި ސުޕަ މާކެޓަކާ އެކު ކެފޭއެއް ހިންގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ރެޑް ވޭވާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ތެރޭގަ އެވެ.

“ރެޑްވޭވް ސިޓީ ސްކެއަރ” ގެ ނަމުގައި ހުޅުވި މި ސުޕަ މާކެޓް ރޭ ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ.

red

ރާއްޖޭގައި ސުޕަމާޓްގެ ވިޔަފާރި އެންމެ ފުޅާކޮށް ހިންގާ އެއް ކުންފުނި، ރެޑް ވޭވް އިން ބުނި ގޮތުގައި، މާލޭގައި ހުންނަ އެ ކުންފުނީގެ ފިހާރަތަކުން އެއްޗެހި ވިއްކާ އަގަށް، ހުޅުމާލޭގެ ސުޕަމާޓުން ވެސް އެއްޗެހި ވިއްކާނެ އެވެ.

ހުޅުމާލެ އިން ރެޑް ވޭވަށް ދީފައި ވަނީ 8،917 އަކަ ފޫޓުގެ ތަނެކެވެ. ދެ ބުރިއަށް ހަދާފައިވާ އެ އިމާރާތުގައި ކެފޭ ހުންނަނީ މަތީގަ އެވެ.

ރެޑް ވޭވުން ބުނި ގޮތުގައި ހުޅުމާލޭގެ ސުޕަމާކެޓް، މާލޭގެ ރެޑް ވޭވް ޕްލާޒާ އަށް ވުރެ ބޮޑުވުމުން، ގިނަ ތަކެތި ހުޅުމާލޭގައި ވިއްކުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ރެޑްވޭވްގެ ފިހާރަތައް މަޝްހޫރު ވެފައިވަނީ އާއްމު ދިރިއުޅުމަށް ބޭނުންވާ ތަކެތީގެ އިތުރުން ލަގްޒަރީ ދިރިއުޅުމަށްވެސް ބޭނުންވާ ގިނަ ތަކެތި އެއްތަނަކުން ފަސޭހަކަމާއެކު ހެޔޮ އަގުގައި ގަންނަން ލިބޭ ފިހާރަތަކެއްގެ ގޮތުގަ އެވެ.

އެޗްޑީސީން ހެދި ދެ ބުރީގެ އިމާރާތުގައި ސުޕަމާކެޓާއި ކެފޭ ހިންގަން ރެޑް ވޭވާ ހަވާލުކުރީ، އެކަމަށް ކުރިމަތިލީ ރެޑް ވޭވުން އެކަނި ކަމަށް ވާތީ ކަމަށް ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.