ބ. އޭދަފުށީ، ހަވީރު ގޭ ފާތުމަތު މޫސާ ނިޔާވެއްޖެ އެވެ.
ފާތުމަތު މޫސާ، 74 ނިޔާވީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން ބަލިވެއުޅުމަށްފަހު އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު އެވެ.
މައްޔިތާގެ މައްޗަށް ކަށު ނަމާދުކުރުން އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު މާލޭ އާސަހަރާ މިސްކިތު ގަ އެވެ. ކަށު ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.
އަލްމަރުޙޫމާ ފާތުމަތު މޫސާގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.