ބ. އަތޮޅުހޮސްޕިޓަލުން ކުއިޒް މުބާރާތެއް ބާއްވަނީ

ބ. އަތޮޅުހޮސްޕިޓަލް
ބ. އަތޮޅުހޮސްޕިޓަލް

ބ. އަތޮޅުހޮސްޕިޓަލުން ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުއިޒް މުބާރާތެއް ބާއްވަން ހަމަޖައްސައިފި އެވެ.

އަތޮޅުހޮސްޕިޓަލުން ބުނީ މި މުބާރާތަކީ އެ ހޮސްޕިޓަލުގެ އަހަރީ ދުވަހާއި ދުނިޔޭގެ ސިއްޙަތުދުވަހާ ގުޅުވައިގެން ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، އޭދަފުށީގައި ދިރިއުޅޭ ރައްޔިތުންގެ ކިބައިގައި ސިއްހީ މައުލޫމާތުހުރި މިންވަރު ދެނެގަތުމަށާއި، ރަނގަޅު އާދަތަކަށް އަހުލުވެރި ކުރުމަށާއި އަދި ހުރިހާ އުމުރެއްގެ މީހުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

އަތޮޅުހޮސްޕިޓަލާއި ކްލަބް ދަ ބިގިނާސް ގުޅިގެން ބާއްވާ މި މުބާރަތް ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ އޭޕްރިލް 7 ން 9 އަށް މަލްޓިޕާޕަސް ހޯލުގައެވެ. ކުއިޒްގެ ސުވާލުތައް އަމާޒުކޮށްފައިވާނީ ސިއްހީ މައުލޫމާތުތަކުގެ މައްޗަށްކަމަށް އެފަރާތުން ބުނެ އެވެ.

ހޮސްޕިޓަލުން ބުނީ މި މުބާރާތުގައި ސްކޫލުކުދިން ފިޔަވައި އުމުރުން 18 އަހަރުން މަތީގެ އޭދަފުށީގައި ދިރިއުޅޭ ކޮންމެ މީހަކަށްވެސް ބައިވެވޭނެ ކަމަށެވެ. މުބާރާތުގައި ބައިވެރިކުރަންޖެހެނީ 5 ބައިވެރިންގެ ޓީމެއްގެ ގޮތުގައެވެ. މި މުބާރާތުގައި ސަރުކާރުއޮފީސް، ޖަމިއްޔާތަކަށް އަދި އަމިއްލަ ނަމުގައިވެސް ބައިވެރިވެވޭނެކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ސިއްހީ ޓެކްނިކަލް އެއްވެސް ފަރާތަކަށް ބައިވެރިނުވެވޭގޮތަށް ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 3000ރ. އަދި ރަނައަޕް ޓީމަށް 2000ރ. އަދި ތިންވަނަ ޓީމަށް 1000ރ. ވަނީ ހުށަހަޅާފައެވެ. އޭގެ އިތުރުން ބައިވެރިވާ ކޮންމެ ޓީމަކަށް ހަނދާނީލިޔުމަކާއި ފުރުޓް ބާސްކެޓެއްވެސް ދޭގޮތަށްވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޭޕްރިލް 2 ގެ ކުރިން ބ. އަތޮޅުހޮސްޕިޓަލަށް ހުށަހަޅަން ޖެހެއެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ހޯދުމަށް 7785384 ނުވަތަ 7901357 އާ ގުޅުމަށް ހޮސްޕިޓަލުން އެދެއެވެ.

ކުއިޒު މުބާރާތުގެ ގަވައިދު އަދި ބައިވެރިވުމަށްއެދޭ ފޯމް ޑައުންލޯޑް ކުރައްވާ

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.