ކިހާދޫ ސްކޫލުގެ ބެލެނިވެރިން ސްކޫލުދޮށަށް އެއްވެއްޖެ

 

ކިހާދޫ ސްކޫލުގައި ޓީޗަރަކު ކިޔަވައިދެނީ. އެ ސްކޫލުގެ އިކޮނޯމިކްސް ޓިޗަރަކު ހިދާތޫ ސްކޫލަށް ބަދަލުކުރާނީ ބެލެނިވެރިން މިހާރު ތިބީ ސްކޫލުދޮށަށް އެއްވެ. -- ފޮޓޯ / ކިހާދޫއޮންލައިން
ކިހާދޫ ސްކޫލުގައި ޓީޗަރަކު ކިޔަވައިދެނީ. އެ ސްކޫލުގެ އިކޮނޯމިކްސް ޓިޗަރަކު ހިދާތޫ ސްކޫލަށް ބަދަލުކުރާނީ ބެލެނިވެރިން މިހާރު ތިބީ ސްކޫލުދޮށަށް އެއްވެ. — ފޮޓޯ / ކިހާދޫއޮންލައިން

ބ. ކިހާދޫ ސްކޫލުގައި ކިޔަވައިދޭ ޓީޗަރަކު މިއަތޮޅު ހިތާދޫ ސްކޫލަށް ބަދަލުކުރުމާ ގުޅިގެން ބެލެނިވެރިން ހިތްހަމަ ނުޖެހިގެން ސްކޫލްދޮށަށް އެއްވެއްޖެ އެވެ.

އެރަށު ސްކޫލުން ވާހަކަދެއްކި ޓީޗަރަކު ބުނީ އެ ސްކޫލުގެ ގްރޭޑް ދިހައަކަށް އިކޮނޯމިކްސް ކިޔަވައިދޭ ޓީޗަރަކު ހިތާދޫ ސްކޫލަށް ބަދަލުކުރި ކަމުގެ މެސެޖް އައުމާގުޅިގެން އެކަމާ ހިތްހަމަ ނުޖެހިގެން ގިނަ އަދަދެއްގެ ބެލެނިވެރިން ހެނދުނުން ފެށިގެން ސްކޫލުދޮށަށް އެއްވެފައިވާ ކަމަށެވެ.

އޭނާ ބުނީ 2009 ވަނަ އަހަރުން ފެށިގެން އެ ސްކޫލުގައި މަސައްކަތް ކުރަމުން އަންނަ އެ ޓީޗަރު ބަދަލުކުރާތީ ބެލެނިވެރިންތިބީ ވަރަށްބޮޑަށް ހިތްހަމަނުޖެހިފައި ކަމަށެވެ. އަދި އެ ޓީޗަރަކީ ގްރޭޑް 10 އަށް އިކޮނޯމިކްސް ކިޔަވައިދިނުމުގެ އިތުރުން އެކްޓިން ލީޑިން ޓީޗަރެއްގެ ގޮތުގައިވެސް މަސައްކަތްކުރަމުން އަންނަ ޓީޗަރެއް ކަމަށެވެ.

“ބެލެނިވެރިން ބުނަނީ އެ ޓީޗަރު ބަދަލުކޮށްފިއްޔާ ސްކޫލް ނުހުޅުވޭނެ ކަމަށް. އެ ޓީޗަރު ބަދަލުކުރާތީ ބެލެނިވެރިން ތިބީ ބޮޑަށް ހިތްހަމަނުޖެހިފައި” އޭނާ ބުންޏެވެ.

މި މައްސަލައާގުޅޭގޮތުން ކިހާދޫ ސްކޫލުގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. julio

    ރެޓޭ ހަމަ ހީވާގޮތް ތީ!! ކިހާދޫ ރައްޔިތުންނަކީ ތި ބުނާފެންވަރުގެ ބައެއް ނުން ..އެމީހުން އެއަށްވުރެ މާ ހިތްވަރު ގަދަ ވާނެ،،އަދި ބުނަންތަ އެމީހުން އިއްޔެ ގެއަށް ދިއައީ އެ ޓީޗަރު ހިތާދުއަށް ނުފޮނުވާނެ ކަމަށް އެޑިއުކޭޝަނުން އެންގީމަ،،،ހިވޭ ކަމެއްހެއް،،،އާނ،،،ދެން ލަލަލަލަލަލާ!!!

    ރައްދު
  2. retey

    ތި ޓީޗަރ ބަދަލުކުރާނަށް ހަމަ ޔަޤީން މިހާރުވެސް ތިހުރީ ބަދަލުކޮށްފަ ދެން ޖެހޭނީ އަތަށް ގޮވަށް ހީހީ ހަލާކު
    ތި ޓީޗަރ ހިތާދޫއަށް އަންނާނެ ދުވަހަކީ އާދީއްތަ ދުވަހުގެ ކުރިން ……………..
    ކިހާދޫގައި ތި ފެންވަރެންނެތް ތި މީހުން މާދަމާ އެބުރި ގެއަށް ދާނެ……. އަމިއްލައަށް މޮޔަގޮވަނީ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.