ޗެލެންޖު ކަޕުގައި ވާދަކުރާ އަށް ގައުމު ކަށަވަރުވެއްޖެ

1

2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖު ކަޕުގައި ވާދަކުރާ އަށް ގައުމު ކަށަވަރުވެއްޖެ އެވެ.

ކޮލިފައިންގައި ވާދަކުރާ އަށް ގައުމު ކަށަވަރުވީ، ގްރޫޕް ސްޓޭޖައި ވާދަކުރި ފަސް ގްރޫޕްގެ ތެރެއިން އެންމެ ފަހު ގްރޫޕުކަމުގައިވާ ގްރޫޕް އީގެ މެޗުތައް ކުޅެ ނިމުމުންނެވެ. މި ގްރޫޕުން ޖާގަ ހޯދީ ނުވަ ޕޮއިންޓާ އެކު ޕިލިޕިންސް އެވެ. އެ ގައުމަށް ގްރޫޕުގެ އެއްވަނަ ލިބުނީ އެންމެ ފަހު މެޗުގައި ތުރުކްމެނިސްތާނުގެ ޓީމު 0-1 ލަނޑުން ބަލިކޮއްގެނެވެ. އެހެން ނަމަވެސް އެ މެޗުން ތުރުކެމެނިސްތާނު ބަލިވި ކަމުގައިވިޔަސް ތުރުކްމެނިސްތާނަށްވެސް ވަނީ ކޮލިފައިންގެ ޖާގަ ލިބިފައެވެ. އެއީ، މުބާރާތުގެ ގަވާޢިދުގައިވާގޮތުން، ޖުމްލަ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުންވެސް އެއްވަނައަށް އަންނަ ޓީމު ކޮލިފައިވާ އިރު، ދެން މުބާރާތަށް ކޮލިފައިވާނީ އެ ފަސް ގްރޫޕުން ދެވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމެވެ. ދެން އެ ފުރުސަތު ލިބުނު ދެވަނަ ގައުމަކީ ގްރޫޕް ޑީ އިން ބަނގްލަދޭޝް އަށެވެ.

ކޮލިފައިން ބުރުގައި ދެން ވާދަކުރާ ގައުމުތަކަކީ، ގްރޫޕް އޭގެ އެއްވަނަ މިޔަންމާ އާއި ގްރޫޕް ބީގެ އެއްވަނަ ކިރްގިސްތާނުގެ އިތުރުން ގްރޫޕް ސީ އިން އެއްވަނަ ހޯދި އަފްޣާނިސްތާނާއި ގްރޫޕު ޑީ އިން އެއްވަނަ ހޯދި ފަަލަސްތީނެވެ. އަދި މުބާރާތް ބާއްވާ ގައުމުގެ ހައިޘިއްޔަތުން ދިވެހިރާއްޖެއަށް ވަނީ މި މުބާރާތުގައި އޮޓަމެޓިކް ޖާގައެއް ލިބިފައެވެ.

ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަންދީގެން އޭއެފްސީ އިން ބާއްވާ މި މުބާރާތް އެންމެ ފުރަތަމަ 2006 ވަނަ އަހަރު ބޭއްވީ ބަނގްލަދޭޝްގަ އެވެ. އެއަށް ފަހު، 2008 ވަނަ އަހަރު އިންޑިއާގައި ބޭއްވި އިރު، 2010 ވަނަ އަހަރު ބޭއްވީ ސްރީލަންކާގަ އެެވެ. އަދި 2012 ވަނަ އަހަރު މި މުބާރާތް ބާއްވާފައިވަނީ ނޭޕާލުގަ އެވެ.

2014 ވަނަ އަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާފައިވަނީ ގަލޮޅު ރަސްމީ ދަނޑުގެ އިތުރުން އައްޑު އަތޮޅު ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ. މި މުބާރާތުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް އޭޝިއަން ކަޕުން ޖާގަ ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.