ގައްބެ ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް

photo 1

މުވާސަލާތީ ހިދުމަތްދޭ ކުންފުނި ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް، ރާއްޖެ ވަށައި ކެޓަމަރާނެއްގައި ބުރެއްޖެހި އަބްދުލް ޢަފޫރު އަލީ (ގައްބެ) ހަމަޖައްސައިފި އެވެ.

ދިރާގުގެ ހެޑްއޮފީހުގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި ދިރާގުގެ ބްރޭންޑް އެމްބެސެޑަރުކަން ރަސްމީކޮށް ގައްބެ އާއި ހަވާލުކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދު އެވެ.

ދިރާގުން ބުނީ ގައްބެއާއި އެކު ވެވިގެން ދިޔަ މި އެއްބަސްވުމާއި އެކު ދިރާގުގެ ތަފާތު އެކި ހަރަކާތްތަކުން ގައްބެގެ ބައިވެރިވުން ފެނިގެންދާނެ ކަމަށެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، ގައްބެއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އެއް ޝަހްސިއްޔަތު ކަމަށާއި އެގޮތުން ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ވުމަށް ދިރާގުގެ ހުށަހެޅުން ޤަބޫލުކޮށް ގައްބެ ފަދަ ޤައުމީ ހީރޯއެއް ދިރާގާއި ގުޅިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

photo 4

އިސްމާއިލް ރަޝީދު ވަނީ ގައްބެ ރާއްޖެވަށައި ކުރި ދަތުރު ކާމިޔާބު ކަމާއިއެކު ނިންމާލިކަމަށްޓަކައި މަރުހަބާ ދަންނަވާފަ އެވެ. އަދި އެފަދަ ކަންކަމާއި އަދިވެސް ކެރިގެން ކުރިމަތިލާ ޒުވާނުންނަށް ނަމޫނާއެއްގެ ގޮތުގައި ގައްބެ ވާނެކަމަށް އުންމީދު ކުރައްވާކަމަށް ވެސް އިސްމާއިލް ރަޝިދު ވިދާޅުވި އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ގައްބެ ވިދާޅުވީ، ދިރާގަކީ ޒުވާނުންގެ ތަރައްޤީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށްވާއިރު މިފަދަ ފުރުސަތެއް އޭނާއަށް ދިރާގުން ދިނީތީ އެކަން ވަރަށް ޝުކުރުވެރިކަމާއިއެކު ބަލައިގަންނަކަމަށެވެ.

“އަޅުގަނޑު މިހާ ހިސާބަށް އާދެވުނު އިރު ބޭރުގެ އެތައް ކުންފުންޏެއްގެ އެހީތެރިކަން ވަނީ އަޅުގަނޑަށް ލިބިފައި. އަދި ދިރާގު ފަދަ ދިވެހި ކުންފުންޏަކުން އަޅުގަނޑުގެ މަސައްކަތް ބަލައިގަނެ މިފަދަ ފުރުސަތެއް ދެއްވި ކަމަށްޓަކައި ވަރަށް އުފާކުރަމެވެ.” ގަ

ގައްބެ ވަނީ ރާއްޖެ ވަށައި ކުރި ދަތުރުގައި ދިރާގުގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް މި ރަސްމިއްޔާތުގައި އެކަމަށް ޝުކުރުއަދާކޮށްފަ އެވެ.
ދިރާގުން ބުނި ގޮތުގައި ދިރާގުގެ އެމްބެސެޑަރުންނަށް ހަމަޖައްސަނީ ގައުމަށް ރީތި ނަން ހޯދައިދޭ ސަހުސިއްޔަތުތަކެވެ. ދިރާގުގެ މަގުސަދަކީ އެފަދަ ފަރާތްތަކުގެ އަގުވަޒަންކޮށް ދިރާގުގެ ފަރާތުން ހިތްވަރު ދިނުން ކަމަށްވެސް ދިރާގުން ބުންޏެވެ.

photo 3

“އެގޮތުން ގައްބެ އަކީ މިހާރު ރާއްޖޭގައި ޒުވާނުންގެ މިހާރު އެންމެ މަޤްބޫލު އެއް ޝަހުސިއްޔަތަށް ވާއިރު ގައްބެއަކީ މި އަހަރު ކުރީކޮޅު ރާއްޖެވަށައި ކުރި ދަތުރުގެ ކުރިންވެސް، ސެއިލިންގ އާއި އެހެނިހެން މޫދުކުޅިވަރުގައި ފާހަގަ ކޮށްލެވޭ ފަރާތެއް. އަދި ހަމަ އެހެންމެ ގައްބެއަކީ ރާއްޖޭގައި އެފަދަ ކަންކަން ކުރިއެރުވުމުގެ ގޮތުން ގިނަގުނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުންގެދަވާ ފަރާތެކެވެ.” ދިރާގުން ބުންޏެވެ.

ގައްބެއަށް ވަނީ އަންނަ ސެޕްޓެމްބަރު މަހު ކްރޮއޭޝިއާގައި ބާއްވާ ޓޮޕްކެޓް ވޯލްޑު ސެއިލިންގ ޗެންޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.