ދިރާގުން ހެޔޮއަގުގައި އިތުރު އެލަވަންސް ލިބޭ 3 ޕޯސްޓްޕެއިޑް ޕެކޭޖު ތައާރަފްކޮށްފި

big_ymIzjdd6ChSvIMH

އެގޮތުން ދިރާގުން ތައާރަފް ކޮށްފައިވާ 3 ޕެކޭޖަކީ ސްމާޓް 299، ސްމާޓް 499، އަދި ސްމާޓް 899 އެވެ.

ދިރާގުން އަލަށް ތައާރަފް ކުރި ސްމާޓް 299 ގެ ޕެކޭޖާއިއެކު 1500 މިނެޓާއި، 500 އެސްއެމްއެސް އާއި 1 ޖީބީގެ ޑާޓާ ހިލޭ ލިބިވަޑައިގަންނަވާނެއެވެ. މިޕެކޭޖު ނަންގަވައިބޭފުޅުންނަށް ހިލޭ ގުޅޭނެ 3 ނަންބަރެއް އިހުތިޔާރުކުރުމުގެ ފުރުސަތުވެސް ހުޅުވިގެން ދާނެއެވެ. އެގޮތުން މިޕެކޭޖު ބޭފުޅުންނަށް މުޅި މަސްދުވަހަށް އެންމެ 29ރ އަށް ނަންބަރު އެޑްކުރެވޭނެއެވެ.

ސްމާޓް 499 ގެ ޕެކޭޖުގައި ހުރިހާ ނެޓްވޯކްތަކަށް ގުޅުމަށް 2500 މިނިޓުގެ އިތުރުން ދިރާގު ނަންބަރުތަކަށް 1000 އެސްއެމްއެސް ހިލޭ ކުރެއްވޭނެއެވެ. އަދި 2 ޖީބީ ހިލޭ ޑާޓާ ލިބިވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ސްމާޓް 899 ޕެކޭޖުގައި ހުރިހާ ނެޓްވޯކެއްގެ ނަންބަރުތަކަށް ގުޅުމަށް ހިލޭ 5000 މިނެޓާއި، ދިރާގު ނަންބަރުތަކަށް 3000 އެސްއެމްއެސް ހިލޭ ކުރެއްވޭނެއެވެ. އަދި ހިލޭ ޑާޓާގެ ގޮތުގައި 6.5 ޖީބީ ލިބިވަޑައިގަންނަވާނެ އެވެ.

ދިރާގުގެ ޕޯސްޓްޕެއިޑް ހިދުމަތަށް އިތުރު ކުރެވިގެން މިދިޔަ ޕެކޭޖްތަކުގައި ހިލޭ ގުޅޭ 3 ނަންބަރެއް އިޙްތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ތެރެއިން ސްމާޓް 299 ފިޔަވައި އެހެނިހެން ޕެކޭޖްތަކަށް މަހު ފީ ގެ ގޮތުގައި އިތުރު ޗާޖެއް ނެތި މި ހިދުމަތް ލިބިގަނެވޭނެއެވެ. ހަމަ އެޔާއިއެކު މިއިން ކޮންމެ ޕެކޭޖަކާއި އެކު އެބޭފުޅަކު ބޭނުންފުޅުވާ ކޮންމެވެސް އެއް ޤައުމަކަށް، އައިޑީޑީ ގެ %40 ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.

މި ޕެކޭޖުތަކާއި އެކު ދިރާގުގެ ޕޯސްޓްޕެއިޑް ހިދުމަތަކީ އެންމެ ގިނަ އެލަވަންސްތަކާއި އެކު އެންމެ ހެޔޮ އަގުގައި ރާއްޖެއިން ލިބެން ހުރި ޕޯސްޓްޕެއިޑްގެ ހިދުމަތަށް ވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.