ސެންޓޭގެ ހެޓްރިކާއެކު ޓީސީއަށް ފަސޭހަ މޮޅެއް

image-6cb6890f8ec63b838ace3f77f3efe97ec33df1b9cb6f6d40fdf26a15ddc74489-V

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުމު މެޗުގައި އަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކާއެކު ޓީސީ އިން ވިކްޓަރީގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފި އެވެ. ޓީސީ މޮޅުވެފައިވަނީ 4-1 ގެ ނަތީޖާ އަކުންނެވެ.

ޓީސީ ގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ސެންޓޭގެ އިތުރުން އަލީ ނާފިއު އެވެ.

ސެންޓޭގެ ޕާހަކުން މެޗުގެ 16 ވަނަ މިނިޓުގައި އަލީ ނާފިއު ފުރަތަމަ ޓީސީ އަށް ލަނޑު ޖަހައިދީފައި  ވަނިކޮށް، 25 ވަނަ މިނިޓްގައި ސެންޓޭ ވަނީ އަލީ ނާފިއުދިން ޕާހަކުން ޓީސީއަށް އިތުރު ލަނޑެއް ޖަހައި ލީޑް ފުޅާކޮށްދީފަ އެވެ.

ޓީސީން ދެ ލަނޑު ޖެހިތާ 11 މިނިޓްފަހުން ވިކްޓްރީގެ އޮމަޑޫ ވަނީ ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. ވިކްޓްރީ އިން ނަތީޖާ ފަރަގު ކުޑަކުރި ނަމަވެސް ފުރަތަމަ ހާފް ނިމެން މިނިޓަކަށްވެފައި ވަނިކޮށް ސެންޓޭވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ 3-1 އަށް ބަދަލުކޮށްލާފަ އެވެ. ސެންޓޭ މި ލަނޑު ކާމިޔާބުކުރީ ވިކްޓްރީގެ ކީޕަރު އިފްރާހު ކައިރިން ނައްޓާލުމަށްފަހު އެވެ.

ސެންޓޭ އޭނާގެ ހެޓްރިކް ފުރިހަމަކުރީ ދެވަނަ ހާފް ފެށިގެން މެޗުގެ 65 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީއަކީ ވިކްޓްރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ އަލީ ޝަރީފް (އައްޔަ) ސެންޓޭއަށްކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ސެންޓޭގެ މި ހެޓްރިކަކީ މިއަހަރުގެ ދިވެހި ފުޓްބޯޅަ ސީޒަނުގައި ފެނިގެންދިޔަ ފުރަތަމަ ހެޓްރިކެވެ. މިއަށްފަހު ވިކްޓްރީއަށް ވެސް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ނަމަވެސް ޓީސީގެ ކީޕަރު ވަނީ ވިކްޓްރީގެ ޕެނަލްޓީ ދިފާއުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.