ޖީ.އެން.އެމް ނެޓްވޯކުގެ ކަނެކްޓިވިޓީ ފޯރުކޮށްދިނުން ދިރާގާއި ހަވާލުކޮށްފި

d7e68b1c-a800-4470-9ea1-c3318866378e

ދިވެހިރާއްޖޭގެ ސަރުކާރުގެ ރަސްމީ އެޕްލިކޭޝަންތައް ގުޅާލެވިފައިވާ މައި ސާވަރ ކަމަށްވާ ޖީ.އެން.އެމް ގެ ކަނެކްޓިވިޓީ ފޯރުކޮށްދިނުމާއި ބެހޭ ކަންކަން އެން.ސީ.އައި.ޓީގެ ފަރާތުން ދިވެހި ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގާއި ހަވާލުކޮށްފިއެވެ.

މި ނެޓްވޯކު މެދުވެރިކޮށް ދެމުން ގެންދަވާ ހިދުމަތްތަކުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގަވަރމަންޓް އީ ލެޓާރ މެނޭޖުމެންޓް ސިސްޓަމްގެ ހިދުމަތާއި ސަރުކާރުގެ ހިޔުމަން ރިސޯސް އަދި ޕޭރޯލްގެ ހިދުމަތާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ލައިސެންސާއި ވިޔަފާރީގެ ރަޖިސްޓްރީ ފަދަ ކަންކަން މި ނެޓްވޯކުގެ އެހީގައި މިހާރު ކުރެވޭނެއެވެ.

ކޯޓްތަކުގެ ވީޑިޔޯ ކޮންފަރެންސިން އަދި ޓެކްސް ދައްކާ ފަރާތްތަކުގެ ތަފާތު ހިދުމަތް ފޯރުކޮށްދިނުމުގައި މީރާގެ އޮފީސްތަށް ވެސް ގުޅިގެންދަނީ މި ނެޓްވޯކްގެ އެހީގައި ކަމަށް ވެއެވެ.

ވިޔަފާރީގެ ރެޖިސްޓްރީ އަދި އައިޑީ ކާޑު ވެރިފިކޭޝަންފަދަ ސަރުކާރުގެ އިދާރާ ތަކުގެ ދެމެދުގައި ކުރެވޭ ތަފާތު މުއާމަލާތްތައްވެސް މި ނެޓްވޯކުގެ އެހީގައި ސްޕީޑް އަވަސްކޮށް ފަސޭހަ ކުރެވިފައެވެ.

މި ނެޓްވޯކުގެ ތެރެއިން ރާއްޖޭގެ ގައުމީ ބޯޑަރ ކޮންޓުރޯލް ސިސްޓަމް ރާއްޖޭގެ ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓަކާ ގުޅުވާލައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.