ކެއާ ސޮސައިޓީއަށް ދިރާގުން އެހީތެރިވެއްޖެ

ދިރާގުން ކެއާ ސޮސައިޓީއަށް އެހީވުމަށް ބޭއްވި ހަފުލާގެ ތެރެއިން --
ދިރާގުން ކެއާ ސޮސައިޓީއަށް އެހީވުމަށް ބޭއްވި ހަފުލާގެ ތެރެއިން —

ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ދިރާގުގެ ފަރާތުން، ކެއަރ ސޮސައިޓީގައި އަރލީ އިންޓަވެންޝަން ކްލާހެއް ޤާއިމް ކުރުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކެއަރ ސޮސައިޓީއިން މައުލޫމާތު ދެއްވާ ގޮތުގައި އަރލީ އިންޓަރވެންޝަން ޕްރޮގްރާމް އެއް ފެށުމުގެ އެންމެ މުހިންމު އެއްބޭނުމަކީ ކުއްޖަކު ބޮޑުވަމުން އަންނަ އިރު ހެދިބޮޑުވުމުގެ މަރުހަލާތަކުގައި އަންނަ ހުރަސްތައް ކަޑަތުކުރުމުގައި ވީހާވެސް ޅައުމުރެއްގައި މަސައްކަތް ކުރުމުވެ.

އެގޮތުން މި ކްލާހުގައި ދެވިގެންދާ ހިދުމަތްތަކުގެ ސަބަބުން ތަފާތު ނުކުޅެދުންތެރިކަމަށް މަގުފަހިވުމުގެ ފުރުސަތު ހަނިވެ އަދި ނުކުޅެދުންތެރިކަމެއް ހުރިމަކަށްވާނަމަ އެކަމުން ތަހައްމަލު ކުރަންޖެހޭ ގޮންޖެހުންތައް ހަނިވެގެންދާނެ ކަމަށް ކެއަރ ސޮސައިޓީން މައުލޫމާތުދެއެވެ.

އަދި ކުއްޖާގެ އިޖްތިމާއީ، ޖިސްމާނީ އަދި ނަފްސާނީ ހުނަރުތައް ތަރައްގީވެ ދިރިއުޅުމުގެ އެކި މަރުހަލާތަކަށް ކުއްޖާ ތައްޔާރުކޮށްދޭ ކަމަށާއި ޚާއްސަ ގޮތެއްގައި މެއިންސްޓްރީމްގައި ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު މި ކްލާހުގައި ދެވޭ ތަމްރީންތަކުގެ ސަބަބުން ކުދިންނަށް ފުޅާވެގެންދާނެ ކަމަށް ކެއަރ ސޮސައިޓީން މައުލޫމާތުދެއެވެ.

މި ކްލާހުގައި އެންމެ ތުއްތު އިރުން ފެށިގެން ހަތް އަހަރާއި ހަމަޔަށް ކުޑަކުދިންނަށް ހިދުމަތް ލިބިގެންދާނެ ކަމަށް ކެއަރ ސޮސައިޓީ އިން މައުލޫމާތުދެއްވައެވެ.

ކެއަރ ސޮސައިޓީން ބުނިގޮތުގައި މި ކުލާހުގައި ޤާއިމްކުރެވޭ ސެންސަރީ އޭރިޔާއާއި އެކްޓިވިޓީ ކޯނަރ އަދި ޓޭބަލް އެކްޓިވިޓީ ކޯނާރގެ އިތުރުން މޮޓޮރ އޭރިޔާގައި ދެވިގެންދާ ތަމްރީންތަކުގެ ތެރެއިން ކުދިން ވިޝުއަލް ރިސެޕްޝަން، ރިސެޕްޓިވް ލެންގުއެޖް އަދި ކޮމިއުނިކޭޝަންގެ އިތުރުން މޮޓޮރ ސްކިލްސް ތަރައްޤީވެގެންދާނެ ކަމަށެވެ. އަދި މިފަދަ ކަންކަމަށް ބެލެނިވެރިންގެ ހޭލުންތެރިކަންވެސް މި ކްލާހުގެ ސަބަބުން އިތުރުވެގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މިއަދުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓަރ ނައުޝާން މުހައިމިން ވިދާޅުވީ، މިފަދަ ކުދިންނަކީ އުމުރުގެ ކުރީކޮޅު ދެނެގަނެވިއްޖެނަމަ ސްޕެޝަލް ނީޑްސް ކްލާހަކަށް ނުގޮސް މެއިންސްޓްރީމް އެޑިޔުކޭޝަނަށްވެސް ގެންދެވިދާނެ ކުދިންތަކެއް ކަމަށާއި، އެގޮތުން މި ކްލާހުގެ އެންމެ ބޮޑު އަމާޒަކީ އަރލީ ޑިޓެކްޝަނާއިއެކު އެކުދިންގެ މައްސަލަތައް ދެނެގަނެ ފަރުވާ ދެވިގެންދިޔުން ކަމަށެވެ.

އެގޮތުން މި ކްލާސް ފަށައިގަތުމަށް ބޭނުންވާ ކްލާސްރޫމް ތައްޔާރު ކުރުމަށް ދިރާގުން ދިން އެހީތެރިކަމަށް ވަރަށް ބޮޑަށް ނައުޝާން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އުއްމީދަކީ އެހެނިހެން ކުންފުނިތަކުންވެސް މި މުހިންމު މަސައްކަތުގައި އެ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން މިހާރެކޭވެސް އެއްގޮތަށް ކުރިޔަށް އޮތްތަނުގައިވެސް ލިބިގެންދިޔުން ކަމަށްވެސް ނައުޝާން ވިދާޅުވިއެވެ.

ކެއަރ ސޮސައިޓީ އަކީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ތަފާތު ގިނަ ކަންތައްތަކެއް ރާއްޖޭގައި ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ޖަމިއްޔާއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.