ޑރ. އަޚްތަރު އޭދަފުށީ މެޑިކަލް ސެންޓަރަށް

13151936_813684755428324_7822497803689787391_n (1)

ގިނަ ދުވަސްތަކެއް ވަންދެން ބ އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާފައިވާ ޑރ އަޚްތަރު އޭދަފުށި މެޑިކަލް ސެންޓަރުގައި ބަލިމީހުން ބައްލަވާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެ ސެންޓަރުން ބުނެފި އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނިގޮތުގައި ޑރ އަޚްތަރު އެ ސެންޓަރުގައި ބަލިމީހުން ބައްލަވާނީ މެއި މަހުގެ 15، 16 އަދި 17 ގަ އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނި ގޮތުގައި ޑރ އަހުތަރު ދެން ކޮންމެ މަހަކުވެސް އެކްލިނިކްގައި ބަލިމީހުންނަށް ފަރުވާ ދެއްވާނެއެވެ.

“ޑރ އަހްތަރު މިކްލިކްގައި ބަލިމީހުން ބެއްލެވުމަކީ އޭދަފުއްޓާއި ބ އަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ލިބޭނެ ވަރަށް ބޮޑުހިތްހަމަޖެހުމަކަށް ވާނެކަމަށް މިކްލިނިކުން ދެކެން. ސަބަބަކީ ޑރ އަހްތަރަކީ މިއަތޮޅުގެ ރައްޔިތުން ގަބޫލުކުރާ ވަރަށްމޮޅު ޑޮކްޓަރެއް. ޑރ އަހްތަރުއަކީ ހުރިހާ އުމުރެއްގެ ބަލިމީހުންނަށްވެސް ފަރުވާ ދެއްވާ ހާއްސަކޮއް ކުޑަކުދިންގެ ބަލިތަކަށް ފަރުވާދެއްވުމުގައި ޑޮކްޓަރުގެ ގާބިލްކަން ފާހަނގަ ކޮއްލެވޭ،”

އީޓީ އާ ވާހަކަ ދައްކަމުން މިހާރު އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވަމުން އަންނަ ޑރ އަޚްތަރު ވިދާޅުވީ ބ އަތޮޅާއި ހާއްސަކޮށް އޭދަފުށީގެ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަކީ އެބޭފުޅާއަށް ލިބޭ ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ފުރުސަތު ލިބޭ ވަރަކުން އަބަދުވެސް ރައްޔިތުންނަށް ހިދުމަތް ކޮއްދެއްވާނެ ކަމަށް އަޚްތަރު ވިދާޅުވިއެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ގެންދަވަނީ އެކި ބަލިތަކަށް ފަރުވާދެއްވާ ހާއްސަ ޑޮކްޓަރުން އެ ކުލިނިކަށް ގެންނަމުންނެވެ. އެގޮތުން މިމަހުގެ ތެރޭގައި ސްކޭން ކުރުމަށް ހާއްސަ ޑރ އިބްރާހިމް ރަޝީދުއާއި ކަށީގެ ހާއްސަ ޑރ ޝާންވެސް އެކްލިނިކްގައި ބަލިމީހުންނަށް ފަރުވާދެއްވާނެ އެވެ.

އިތުރު މައުލޫމާތާއި އެޕޮއިންޓްމެންޓް ހެއްދެވުމަށް 9631111 އަދި 7523242 އަށް ގުޅުއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.