ތުޅާދޫގައި ފެނާ ނަރުދަމާ އަޅަން އެމްޑަބްލިޔުއެސްސީ އާ ހަވާލުކޮށްފިި

big_ivM60mPr6oZL7i6-800x534-800x534

ތުޅާދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ގައުމީ ފެން ކުންފުނި، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ ދަށުން ތުޅާދޫގެ އިތުރުން، ރ. ހުޅުދުއްފާރާއި ނ. ވެލިދޫ އަދި ގއ. ކޮލަމާފުށީގެ ފެނާއި ނަރުދަމާ ނިޒާމް އަދި ގދ. ގައްދޫގެ ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިއްޔެ ޗަންޕާ ސެންޓަރަލް ހޮޓެލްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހަތަރު ރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އާއި ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ.

ތިމާވެއްޓާބެހޭ މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓަކީ ދިވެހި ސަރުކާރުގެ ބަޖެޓުންނާއި އިންޓަނޭޝަނަލް ފަންޑިން އެޖެންސީއެއް ކަމަށްވާ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯންގެ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތާރިގު ވިދާޅުވީ މި ފަސް ރަށުގެ ނަރުދަމާއާއި ހަތަރު ރަށުގެ ފެނުގެ ނިޒާމް ގާއިމް ކުރުމަށް އިންޓަނޭޝަނަލް އެޖެންސީއެއްގެ ފަންޑިން ހޯދުމަށް މިނިސްޓްރީ އިން ބުރަ މަސައްކަތެއް ކޮށްފައިވާނެ ކަމަށެވެ.

“އާއްމުގޮތެއްގައި ޓެންޑަރިން މަސައްކަތް ކުރިޔަށްދާ ވަރަށް ވުރެއް ގިނަ ދުވަސްތަކެއް އެ މަސައްކަތްތަކަށް ދިޔަ،”

މި މަޝްރޫއުގެ ދަށުން މި ރަށްތަކަށް ބޭނުންވާ ފެނުގެ ވިއުގަ ގާއިމް ކުރުމާއި ފެން ޕްލާންޓް ބެހެއްޓުމާއި ފެންތާނގީ ބެހެއްޓުމުގެ އިތުރުން ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓް ބަހައްޓާނެ އެވެ

މި ފަސް ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަން އެއްބަސްވީ 540 ދުވަހުގެ ތެރޭގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.