ކަނިފުށީގައި މަސައްކަތްކުރާ ގިނަ ބަޔަކު ކާނާ ވިހަވެގެން ފަރުވާ ހޯދަނީ

ފިނޮޅު ރިސޯޓުން ކާނާ ވިހަވެގެން ގެނައި ބައެއް މީހުން ބ. އަތޮޅު ހޮސްޕިޓަލުގައި
ފިނޮޅު ރިސޯޓުން ކާނާ ވިހަވެގެން ގެނަިއ ބައެއް މީހުން ބ. އަތޮޅު ހޮސްޕިޓަލުގައި

ބ. އަތޮޅު ކަނިފުށީގައި ތަރައްގީ ކުރަމުންދާ “ފިނޮޅު” ރިސޯޓްގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބީދޭސީންތަކެއް ކާނާ ވިހަވެގެން ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި އެ ރިސޯޓްގައި މަސައްކަތް ކުރާ 50 ވަރަކަށް މީހުންވަނީ ކާނާ ވިހަވެފަ އެވެެ. އޭގެ ތެރެއިން 31 މީހަކު ބ. އަތޮޅު ހޮސްޕިޓަލަށް ގެނެސް މިހާރުދަނީ ފަރުވާ ދެމުންނެވެ.

ކާނާ ވިވަނި މީހުން ކެއިން ބުއިމާއި އެކަމޮޑޭޝަންގެ ކަންތައްތައް ހަމަޖެހިފައި އޮންނަނީ އެރަށާ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ މާ މަޑުއްވަރީގަ އެވެ. ކާނާ ވިހަވީ އެމީހުން މިއަދު މެންދުރު މާމަޑުއްވަރީގައި އެކަުމަށް ބޭނުންކުރި މަހެއްގެ ސަބަބުން ކަމަށް ވެ އެވެ.

5aa146926c2e1c21c706b5f841a21c1557ed67402c1dcc5818482a1d93c7b701_full

“ކާނާ ވިހަވެގެން ހޮޑުލެވި ވަރަށްބޮޑަށް ވަރުދެރަވެފައި އެމީހުން ތިބީ. އޭގެތެރެއިން 10 މީހަކު އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުން. ނަމަވެސް މާބޮޑަށް ހާލު ސީރިއަސް މީހަކު ނެތް ކަމަށެވެ.” އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު ބުންޏެވެ.

ފިނޮޅު ރިސޯޓުން ކާނާ ވިހަވެގެން ގެނައި ބައެއް މީހުން ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެނީ
ފިނޮޅު ރިސޯޓުން ކާނާ ވިހަވެގެން ގެނައި ބައެއް މީހުން ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެނީ

ކަނިފުއްޓަކީ މަޝްހޫރު ކޯސްޓްލައިން ކުންފުނިން ތަރައްގީކޮށް، “ފިނޮޅު” ރިސޯޓްގެ ނަމުގައި އަންނަ މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ރިސޯޓެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.