އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމުތަކާއެކު ފަސްމުގޫ ރޯދަ ސޭލް ފަށައިފި

DSC_2337

ރޯދަމަހަށް ހާއްސަކޮށްގެން އޭދަފުށީ ފަސްމުގޫ ފިހާރައިން ބާއްވަމުން އަންނަ “ފަސްމުގޫ ރޯދަ ސޭލް” ފަށައިފި އެވެ.

މިހާރު މިއަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ހޯލް ސޭލުގެ އަދި ރީޓެއިލް ވިޔަފާރި ކުރާ ފަސްމުގޫ ފިހާރައިން އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމުތަކާއެކު މިދިޔަ އަންގާރަ ދުވަހު ފަށާފައިވާ ރޯދަ ސޭލް ކުރިއަށްދާނީ ޖުލައި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށެވެ.

DSC_2255

މި ސޭލްއަކީ ބ. އަތޮޅުގައި ބާއްވާ މިފަދަ އެންމެ ބޮޑު ސޭލުކަމަށް ފަސްމުގޫއިން ބުނެ އެވެ.

DSC_2367

މި ޕްރޮމޯޝަންގައި ފަސްމުގޫ އިން ކުރާ ކޮންމެ 300 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި އެއްލައްކަ ރުފިޔާގެ އިނާމުލިބޭ ނަސީބުވެރިއެއް ހޮވާނީ އެ ކޫޕަން ލިބިވަޑައިގަންނަވާ ފަރާތްތަކުގެ މެދުގައެވެ.

ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ ތިން އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއްވަނައަށް ދާ މީހަކަށް ދިނުމަށް ހަމަޖެހިފައި ވަނީ 15،000ރ. އެކެވެ. އަދި ދެވަނައަށް ދާ ފަރާތަކަށް 10،000ރ. ދިނުމަށް ހަމަޖެހިފައިވާ އިރު ތިންވަނައަށްދާ ފަރާތަކަށް ދިނުމަށް ހަމަޖެހިފައި 5،000ރ އެވެ.

އަދި މީގެ އިތުރުންވެސް ގުރުއަތުން ހޮވޭ 7 ފަރާތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

DSC_2234

މީގެ 20 ވަރަކަށް އަހަރުކުރިން އާދައިގެ ގޮތަކަށް ވިޔަފާރިފެށި ފަސްމުގޫ ފިހާރައިން މިހާރު އާއްމު މުދަލުގެ އިތުރުން އިލެކްޓްރޯނިކްސް އާއި ހާޑުވެއާގެ ބާވަތްތައް ލިބެން ހުރެއެވެ. ރޯދަ އާ ދިމާކޮށް މިދިޔަ މަހު އެތަން ބޮޑުކޮށް އަލުން ހުޅުވި އިރު ފަރުނީޗަރާއި މެޝިނަރީޒުގެ ގިނަ ބާވަތްތަކެއް ވަނީ ބާޒާރަށް ނެރެފަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. chochy

    ޖޫން މަހުގެ 10 ވަނަ ދުވަހަކަށް ނޫން. ޖުލައި މަހުގެ 10 ވަނަ ދުވަހަަ ހަމައަށް. .

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.