ފިނިއަށި ސަރަހައްދުގައި ހުރި ތަކެތި ނަގަން އަންގައިފި

އޭދަފުށީ އުތުރު ފަރާތު ފިނިއަށި، އެމްޑިޕީއަށް ސްޕޯޓްކުރާ މީހުން އާއްމުކޮށް ގޮސްއުޅޭ މި އަށި ނަގަން ހައުސިން މިނިސްޓްރީން ވަނީ އަންގާފައި-- ފޮޓޯ / ރާއިފް ޔޫސުފް
އޭދަފުށީ އުތުރު ފަރާތު ފިނިއަށި، އެމްޑިޕީއަށް ސްޕޯޓްކުރާ މީހުން އާއްމުކޮށް ގޮސްއުޅޭ މި އަށި ނަގަން ހައުސިން މިނިސްޓްރީން ވަނީ އަންގާފައި– ފޮޓޯ / ރާއިފް ޔޫސުފް

ބ. އޭދަފުށީ “ދިގަލި” ގެ ކުރިމަތިން އޮންނަ ފިނިއަށި ސަރަހައްދުގައި ހުރި ތަކެތި ނަގުމަށް އޭދަފުށީ ކައުންސިލުން އަންގައިފި އެވެ.

އޭދަފުށީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި މިގޮތަށް އަންގާފައި މިވަނީ އެ ފިނިއަށީ ގައި ސިޔާސީ ހަރަކާތްތައް ހިންގާނަމަ އެތަން ނަގައި ކައުންސިލުގެ ބެލުމުގެ ދަށަށް ގެނައުމަށް ހައުސިން މިނިސްޓްރީން އޭދަފުށީ ކައުންސިލަށް އަންގާފައިވަނިކޮށެވެ.

ހައުސިން މިނިސްޓްރީން އެ އަށި ކައުންސިލުގެ ބެލުމުގެ ދަށަށް ގެންނަން އަންގާފައިވަނީ ބިމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކާ ޚިލާފަށް ދައުލަތުގެ ބިމުގައި ކައުންސިލުގެ ހުއްދަ ހޯދުމަކާ ނުލައި އެމްޑީޕީ އަށް ނިސްބަތްވާ އެކްޓިވިސްޓުން ސިޔާސީ ހަރަކާތްތައް ހިންގާ ޖަގަހައެއްގެ ގޮތުގައި އެތަން ބޭނުން ކުރަމުންގެންދާ ކަމަށްބުނެ އާއްމުނގެ ޝަކުވާތައް ލިބިފައިވާތީ އެވެ.

އޭދަފުށީ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ފިނިއަށި ހުރި ސަރައްދުގައި އެއްވެސް ފަރާތެއްގެ އެއްޗެއް ހުރިނަމަ އެ އެއްޗެއްގެ ވެރި ފަރާތުން މެއި 17 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން އެތަކެތި އެތަނުން ނެގުމަށެވެ.

“އެ ތާރީޙުގެ ފަހުން އެ ބިމުގައިހުރި ތަކެއްޗާމެދު މި އިދާރާއަށް ފެންނަ ގޮތަކަށް އަމަލު ކުރެވޭނެ ވާހަކަވެސް އާއްމުކޮށް އަންގައި އިއުލާން ކުރީމެވެ.”

މިކަމާ ގުޅިގެން އޭދަފުށީ އެމްޑީޕީ ސަޕޯޓަރުން ބުނީ ފިނިއަށި ނަގައިފި ނަމަ އެއީ ސިޔާސީ ހަރަކާތްތައް ހިންގަން އެމްޑީޕީއަށް ލިބޭނީ އިތުރު ހިތްވަރެއް ކަމަށެވެ. އަދި އަށި ނަގައިފިނަމަ ރަށުގެ އެހެން ސަރަހައްދު ތަކުގައިވެސް މިގޮތަށް ހަދާފައިހުރި އަށިތަކުގައި ސިޔާސީ ހަރަކާތްތައް ހިންގަން އެ ޕާޓީގެ މެންބަރުން ވަނީ ފާސްކޮށްފަ އެވެ.

“އަށި ނެގިޔަސް އޭދަފުށިންވެސް އެމްޑީޕީގެ ކުލައެއް ފަނޑެއް ނުވާނެ، އެމްޑީޕީގެ ފިކުރެއް ބަދަލެއް ނުވާނެ އަދި އަޑެއްވެސް ނުކެނޑޭނެ، 33 ޕަސެންޓް ވުރެ މަތިން ވޯޓް ނުލިބޭނެ ގޮތެއް ނުވާނެ،”

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.