އައިލޭންޑް ކަޕް ފުޓްސަލް މުބާރާތް ހިތާދޫ ކާމިޔާބު ކޮށްފި

މުބާރާތުގެ ތަށި ހިތާދޫ ޓީމުން އުފުލާލަނީ - ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހް
މުބާރާތުގެ ތަށި ހިތާދޫ ޓީމުން އުފުލާލަނީ – ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހް

އަތޮޅުތަކުގެ ޓީމުތަކަށް ހުޅުވާލައިގެން ބޭއްވި އައިލޭންޑް ކަޕް ފުޓްސަލް މުބާރާތް ބ. ހިތާދޫ ޓީމު މިއަދު ކާމިޔާބުކޮށްފި އެވެ.

ޗެމްޕިއަން ޓީމަށް 50،000ރ. ހުށަހަޅާފައިވާ މި މުބާރާތުގައި ހިތާދޫ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މިއަދު ހަވީރު މިދިޔަ އަހަރުގެ ޗެމްޕިއަން ތިމަރަފުށީ ޓީމު 1-0 އިން ބަލިކޮށްފަ އެވެ.

ރައިޒިން ސްޓާ ފޯ ވިލުފުށި ރިކްރިއޭޝަންއިން ކްލަބުން އިންތިޒާމްކޮށްގެން މާލޭގައި ބޭއްވި މި މުބާރާތުގައި ރާއްޖޭގެ އެކި ހިސާބުތަކުން 32 ޓީމު ވާދަކުރި އެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިތާދޫ ޓީމުގެ ހުޒެއިފަތު ރަޝީދުއެވެ. އޭނާ ވަނީ މުބާރާތުގެ އެންމެމޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ ހިތާދޫ ޓީމުގެ ގޯލްކީޕަރު އަހުމަދު އިސްމާއިލް އެވެ. އަދި މުބާރާތުގެ އެެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ހިތާދޫ ޓީމުގެ ކޯޗު މަޒްހަރު އަބްދުﷲ އެވެ.
ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓުކުރި ޓީމަކަށްވެސް ހޮވިފައިވަނީ ހިތާދޫ ޓީމެވެ.

މި މުބާރާތަކީ 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތް އިންތިޒާމްކުރި ފަރާތުން ބުނީ އަންނަ އަހަރު ވެސް މި މުބާރާތް މިއަށް ވުރެ ފުޅާކޮށް ބާއްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢަބްދުލްމުހައިމިން

    ހިތާދޫ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި މެނޭޖްމަންޓް އަދި ސަޕޯޓަރުންނަށް ވަރަށް ބޮޑަށް މަރްޙަބަ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.