ފޭލި ގުރުއާން މުބާރާތަށް ފުރުސަތު ހުޅުވާލައިފި

ފޭލިން މިދިޔަ އަހަރު ބޭއްވި ގުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ-- ފައިލް ފޮޓޯ
އޭދަފުށީގަިއ ބޭއްވި ގުރުއާން މުބާރާތެއްގައި ދަރިވަރަކު ކިޔަވަނީ– ފައިލް ފޮޓޯ

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން ކޮންމެ ރޯދަ މަހަކު ބާއްވާ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފޭލި ޖަމިއްޔާއިން ބުނި ގޮތުގައި އަންނަ ރޯދަ މަހު ފަހުކޮޅު ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހު 31ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ދާރުލް ފުރުޤާން ގުރުއާން ކުލާހުންނާއި ތައިސީރު ގުރުއާން ކްލާސް އަދި ނިއަމިޓްރޭޑް ބުކްޝޮޕުން ލިބެން ހުންނާނެ ކަމަށް ފޭލި ޖަމިއްޔާއިން ބުންޏެވެ.

މުބާރާތުގައި ބައިވެރިވެވޭ ޢުމުރުފުރާތަކާއި ކިޔަވަންޖެހޭ މިންވަރު

Untitled

ބަލައިގެން އަދި ހިތުން ކިޔަވާ ގޮފި ހިމެނޭގޮތަށް ހަތް އުމުރު ފުރާއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި ކޮންމެ އަހަރަކުވެސް 200 އަށްވުރެ އަށް ވުރެ ގިނަ ކުދިންނާ މީހުން ބައިވެރިވެ އެވެ.

މި މުބާރާތަކީ 2002 އިންފެށިގެން ކޮންމެ އަހަރަކު ވެސް އެ ޖަމިއްޔާއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ފޭލި ގުރުއާން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ޑައުންލޯޑް ކުރައްވާ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.