ފުލުހުން ނުކުމެ، ފިނިއަށި ރޫޅާލައިފި

ފިނި އަށި ހިމެނޭ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ | އީޓީ ފޮޓޯ: ރާއިފް ޔޫސުފް
ފިނި އަށި ހިމެނޭ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ | އީޓީ ފޮޓޯ: ރާއިފް ޔޫސުފް

ފުލުހުން ނިކުމެ ބ. އޭދަފުށީ އުތުރު ފަރާތު އަތިރިމަތީގައި ހުރި ފިނިއަށި ރޫޅާލަން ފަށައިފިއެވެ.

މިއަދު ހެނދުނު ފުލުހުން ނުކުމެ މި ފިނިއަށި ރޫލާލަން ފަށާފައިވަނީ އެ އަށީގައި އެމްޑީޕީއަށް ސަޕޯޓްކުރާ މީހުން ގޮސް ސިޔާސީ ހަރަކާތް ހިންގާކަމަށް ބުނެ އެވެ.

ފުލުހުން ނުކުމެ ފިނިއަށި ރޫޅާލަނީ | އީޓީ ފޮޓޯ: ރާއިފް ޔޫސުފް
ފުލުހުން ނުކުމެ ފިނިއަށި ރޫޅާލަނީ | އީޓީ ފޮޓޯ: ރާއިފް ޔޫސުފް

ފުލުހުން ބުނީ ބައެއް ރަށްރަށުގައި ދައުލަތުގެ ބިންތަކުގައި ގަވާއިދާ ހިލާފަށް ހުރި ޖަގަހަ ފަދަ ތަންތަން ނަގައި ބިންތައް ސާފު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން ފުލުހުން ބުނީ މިއަދުގެ ވަގުތެއްގައި ބައެއް ރަށްރަށުގައި ހުރި އެފަދަ ޖަގަހަތައް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

ފުލުހުން ބުނީ އެފަދަ ޖަގަހަތައް ނެގުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެނީ ކަމާބެހޭ ފަރާތްތަކުން އެފަދަ ޖަގަހަތައް ނަގަން ޖަގަހަތައް ނިސްބަތްވާ ފަރާތްތަކަށް އަންގައި މުއްދަތެއް ދިނުމަށްފަހު ވެސް އެ ޖަގަހަތައް ނުނަގައި ހުންނަ ނަމަ ކަމަަށެވެ.

ފިނިއަށި ހުރި ސަރައްދުގައި އެއްވެސް ފަރާތެއްގެ އެއްޗެއް ހުރިނަމަ އެ އެއްޗެއްގެ ވެރި ފަރާތުން އިއްޔެ ހަވީރު 6 ގެ ނިޔަލަށް ނަގަން ރަށު ކައުންސިލުންވަނީ އަންގައިފަ އެވެ.

ފުލުހުން ނުކުމެ ފިނިއަށި ރޫޅާލަނީ | އީޓީ ފޮޓޯ: ރާއިފް ޔޫސުފް
ފުލުހުން ނުކުމެ ފިނިއަށި ރޫޅާލަނީ | އީޓީ ފޮޓޯ: ރާއިފް ޔޫސުފް

އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ހުރި ބައެއް ޖަގަހަތައް މިހާރުވެސް ފުލުހުން ވަނީ ނަގާފައެވެ. އެގޮތުން ދ. ކުޑަހުވަދޫގައި ހުރި ބައެއް ޖަގަހަ އާއި ހއ. ދިއްދޫގައި ހުރި ބައެއް ޖަގަހަ ނަގައި އެތަންތަން ފުލުހުން ވަނީ ސާފުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. Alee

    Insaanun kuraa nubaai kankamaa goase kanthah thah maa kurin mathin govaeh nulaane thi kuranee goase kamekey noony nubaai kamekey ekam balan vee kameh kuraa iru ekurevenee kihaavarehge kameh thoa thimaage faraathun aneh mahuloogah evevenee aniyaathoa noony manfaa libey kameh thoa komme insaanakahves maai allah furihama buhdhi eh dhevvi visnaa fikurukuranvee thi kuri kamakun eaniyaa libunee kithah meehunnah kobaa insaaniyathukan kulunu anaalun kobaa anekaage haggu NAAX GE THI NUBAAI VISNUN MAAIKALAAGE HEYO RAHUMATHUN RAGALHU VISNUN MINVARU KURAHVAASHI

    ރައްދު
  2. Hussen nimaal

    Suvaalakee siyaasee harakaai hingumakee kobaa thoa agabahun dhahkaa vaahaka akee siyasee harakaai thoa aee mdp ppm adhi enoon ehves party ehge thaneh noon ehves thaneh ga registry kurevifa oye thaneh noon ekamaku aee kureega rashu ofys thah huri irugaa ammilla meehaku huhdha hoadhaagen hadhaafa huri thaneh egothah huhdha nagaagen eydhafushy ga hunnaanee 3 fini ashi mi yadhu ekuri kamun mdp ah saport kuraa meehun ppm ah soikureethoa ppm ah memberun ithuru veethoa EYDHAFUSHY COUNCIL HINGAN HAVAALU VEHURI SEETUMAAGE NAAZNEEN YOUSUF THI KUREE V FIDI AMALEH

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.