ވިއްސާރައާ ގުޅިގެން ޔެލޯ އެލާޓް ނެރެފި

ބ.އޭދަފުށި ބަނދަރު މަގުގައި ފެން ބޮޑު ވެފައި | އީޓީ ފޮޓޯ: ރާއިފް ޔޫސުފް
ބ.އޭދަފުށި ބަނދަރު މަގުގައި ފެން ބޮޑު ވެފައި | އީޓީ ފޮޓޯ: ރާއިފް ޔޫސުފް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރ އަދި ލ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މި ވިއްސާރައާއި ގުޅިގެން ވިލާގަނޑުގައި 55 މޭލަށް ވައިގަދަ ވާނެ ކަމަށާއި ވިލާގަނޑުގައި ކަނޑުތައްވެސް ގަދަ ވާނެ ކަމަށެވެ.

އަދި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.

ބ.އޭދަފުށި ބަނދަރު މަގުގައި ފެން ބޮޑު ވެފައި | އީޓީ ފޮޓޯ: ރާއިފް ޔޫސުފް
ބ.އޭދަފުށި ބަނދަރު މަގުގައި ފެން ބޮޑު ވެފައި | އީޓީ ފޮޓޯ: ރާއިފް ޔޫސުފް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ބައެއް ރަށްރަށުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ މީހުންގެ ގެދޮރަށާއި މުދަލަށް ގެއްލުން ވެފައެވެ.
ވިއްސާރަ އާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ މަސައްކަތް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން އަންނަނީ ކުރަމުންނެވެ.

މި ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުންނާއި އާއްމު ހުރިހާ ފަރާތްތަކުން ސަމާލުވާން ވެސް މެޓުން ވަނީ އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.