ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމުގައި ދިރާގުން ބައިވެރިވެއްޖެ

13256274_613740282127418_36785021503518166_n

މޯލްޑިވްސް ޙައްޖު ކޯޕޮރޭޝަނުން ތައާރަފް ކުރި “މުވައްޒަފުންގެ ސްކީމް” ގައި ދިރާގުން ބައިވެރިވެއްޖެ އެވެ.

ދިރާގުގެ މުވައްޒަފުން އެ ސްކީމުގައި ބައިވެރިކުރުމުގެ އެމްއޯޔޫގައި ދިރާގާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިއްޔެ ދިރާގު ހެޑްއޮފީހުގައި މިއަދު އެކަމަށްޓަކައި ބޭއްވި ހަފްލާއެއްގައި ދިރާގުގެ ފަރާތުން އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދާއި ޑިރެކްޓަ ހިޔުމަން ރިސޯސަސް އަހުމަދު މުހައްމަދު ދީދީއެވެ. މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަ ޔާމީން އިދްރީސް ގެ އިތުރުން ހެޑް އޮފް މާކެޓިންގ އެންޑް ޕީއާރު ހަސަން ސިނާނެވެ.

އެ ހަފްލާގައި ދިރާގުގެ ހިޔުމަން ރިސޯސަސް ޑައިރެކްޓަ އަހުމަދު މުހައްމަދު ދީދީ ވިދާޅުވީ، ދިރާގުން އަބަދުވެސް ދަނީ މުވައްޒަފުންނަށް ހުރި އެފަދަ އިނާޔަތްތަކާއި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ އިސްނެގުމާއެކު ފަށާފައިވާ އެ ސްކީމުގެ ސަބަބުން ދިރާގުގެ މުވައްޒަފުންނަށް އިތުރު ލުއި ފަސޭހައެއް ހޯދައިދެވުމަކީ ލިބޭ އުފަލެއް ކަމަށް އަހުމަދު މުހައްމަދު ދީދީ ވިދާޅުވިއެވެ.

ދިރާގުގައި 600 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު އޭގެ ތެރެއިން %99 އަކީ ދިވެހިންނެވެ.

ދިރާގުން ބުނި ގޮތުގައި އެ ސްކީމުގައި ބައިވެރިވުމުގެ ކުރިން ވެސް އެ ކުންފުނިން ގެންދަނީ ކޮންމެ އަހަރަކު ދެ މުވައްޒަފަކު ކުންފުނީގެ ހަރަދުގައި ހައްޖަށް ފޮނުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.