ހިތާދޫ ފުޓްބޯޅަ ޓީމު ރަށަށް އައުމުން ރަތް ދޫލައިގެ މަރުހަބާއެއް

ހިތާދޫ ޓީމުގެ ކުޅުންތެރިންނަށް މިއަދު މަރުހަބާ ކިޔަނީ. –ފޮޓޯ / ހިތާދޫ އޮންލައިން
ހިތާދޫ ޓީމުގެ ކުޅުންތެރިންނަށް މިއަދު މަރުހަބާ ކިޔަނީ. –ފޮޓޯ / ހިތާދޫ އޮންލައިން

އަތޮޅުތަކުގެ ޓީމުތަކަށް ހުޅުވާލައިގެން މާލޭގައި ބޭއްވި އައިލޭންޑް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްމިއަން ތައްޓާއެކު ހިތާދޫ ފުޓްބޯޅަ ޓީމު މިއަދު ހެނދުނު ރަށަށް އައުމުން އެ ޓީމަށް އެރަށުން ރަތް ދޫލައިގެ ހޫނނު މަރުހަބާއެއް ކިޔައިފި އެވެ.
ހިތާދޫ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށް މިއަދު ހެނދުނު އެރަށު ރައްޔިތުން ބަނދަރު ސަރަހައްދަށް އެއްވި އެވެ.

ކޮންމެ ކުޅުންތެރިޔަކަށް މާބޮނޑިއެއް ހަދިޔާކުރިއިރު، މުނިފޫހިފިލުވމުގެ ތަފާތު ހަރަކާތްތައް ވަނީ ބާއްވަފައިފަ އެވެ. އެގޮތުން ހިތާދޫ ޔޫތުވިންގުގެ ލައިވް ބޮޑުބެރުގެ ހަރަކާތްތަކާއެކު ހިތާދޫ ޕްރީ ސްކޫލު ގްރޭޑުތަކުގެ ދަރިންވަރުންގެ އައިޓަމެއްވެސް ވަނީ ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން ހުށައަޅާ ދީފައެވެ.

މުބާރާތުގެ ތަށި ހިތާދޫ ޓީމުން އުފުލާލަނީ - ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހް
މުބާރާތުގެ ތަށި ހިތާދޫ ޓީމުން އުފުލާލަނީ – ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހް

ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން ހިތާދޫ ބަނދަރުމަތިވަނީ ވަރަށް ޒީނަތްތެރިކޮށްފައިވާއިރު ހެނދުނުވަނީ ޗެމްޕިއަން ތައްޓާއެކު އެރަށުގެ ބޮޮޑެތި މަގުތަކުގައި ޕިކަޕް ބުރެއްވެސް ބާއްވައިފަ އެވެ. އަދި މިއަދުގެ ހުކުރު ނަމާދަށްފަހު ޓީމުގެ ކުޅުންތެރިންގެ ޝަރަފުގައި ހިތާދޫ ރައްޔިތުންގެ ފަރާތުން ވަނީ ޖާފަތެއް ދީފައެވެ. މިޖާފަތުގައި ރައްޔިތުންވެސް ވަނީ ބައިވެރިވެފަ އެވެ. އަދި ޗެމްޕިއަން ޓްރޮފީއާއެކު މިއަދު ހަވީރުވަނީ އެރަށުގެ ގިނަ ބަޔަކު ފޮޓޯ ވެސް ނަގައިފަ އެވެ.

ހިތާދޫ ޓީމުގެ ކުޅުންތެރިންގެ ޝަރަފުގައި ބޭއްވި ޖާފަތް. –ފޮޓޯ / ހިތާދޫ އޮންލައިން
ހިތާދޫ ޓީމުގެ ކުޅުންތެރިންގެ ޝަރަފުގައި ބޭއްވި ޖާފަތް. –ފޮޓޯ / ހިތާދޫ އޮންލައިން

ޗެމްޕިއަން ޓީމަށް 50،000ރ. ހުށަހަޅާފައިވާ މި މުބާރާތުގައި ހިތާދޫ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މިއަދު ހަވީރު މިދިޔަ އަހަރުގެ ޗެމްޕިއަން ތިމަރަފުށީ ޓީމު 1-0 އިން ބަލިކޮށްފަ އެވެ. ރައިޒިން ސްޓާ ފޯ ވިލުފުށި ރިކްރިއޭޝަންއިން ކްލަބުން އިންތިޒާމްކޮށްގެން މާލޭގައި ބޭއްވި މި މުބާރާތުގައި ރާއްޖޭގެ އެކި ހިސާބުތަކުން 32 ޓީމު ވާދަކުރި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.