ފުރަތަމަ ޓާމު ޓެސްޓް ފަށައިފި

ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް: ސްކޫލުތަކުގެ ފުރަތަމަ ޓާމު އިމްތިހާން މިއަދު ވަނީ ފަށާފައި
ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް: ސްކޫލުތަކުގެ ފުރަތަމަ ޓާމު އިމްތިހާން މިއަދު ވަނީ ފަށާފައި

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މި އަހަރުގެ ފުރަތަމަ ޓާމް ޓެސްޓް މިއަދު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ކަލަންޑަރުގައިވާ ގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ޓެސްޓް ފަށައިފައި ވަނީ ސެކަންޑަރީ ގްރޭޑް ތަކަށެެވެ. ގްރޭޑް 7 ގެ ދަރިވަރުންނަށް ޓެސްޓް ފަށާނީ އަންގާރަ ދުވަހު އެވެ.

ގްރޭޑް 10 ފިޔަވައި އެހެން ހުރިހާ ގްރޭޑްތަކުގެ ޓެސްޓް ނިމޭނީ މި މަހުގެ 31 ގަ އެވެ. ގްރޭޑް 10 ގެ ޓެސްޓް ނިމޭނީ މިމަހުގެ 30 ގަ އެވެ. 10 ގެ ދަރިވަރުންންގެ ޖަވާބު ކަރުދާސްތައް ޖޫން 1 ވަނަ ދުވަހު ދެއްކުމަށް ތާވަލް ކޮށްފައިވާ އިރު އެހެން ގްރޭޑް ތަކުގެ ދަރިވަރުންގެ ޖަވާބު ކަރުދާސްތައް ދެއްކުމަށް ތާވަލުކޮށްފައިވަނީ ޖޫން 5 ގަ އެވެ.

ފުރަތަމަ ޓާމަށް ފަހު ސްކޫލުތައް ބަންދުވާނީ ޖޫން މަހުގެ 12-16 އަށެވެ. އަދި ހަފުތާއެއްގެ ބަންދަކަށް ފަހު ދެ ވަނަ ޓާމްގެ ކިޔެވުން ފަށާނީ ޖޫން މަހުގެ 19 ގަ އެވެ.

ފުރަތަމަ ޓާމު ޓެސްޓް މިއަދު ފެށިއިރު މިއަހަރުގެ އޭ ލެވެލް އިމްތިހާނުވެސް މިހާރު ކުރިއަށްދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.