“ރަންނާ” އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ބ. އަތޮޅު ކައުންސިލް އިދާރާ. ރަންނާ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތުވަނީ މިހާރު ވަނީ އިތުރުކޮށްފައި
ބ. އަތޮޅު ކައުންސިލް އިދާރާ. ރަންނާ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތުވަނީ މިހާރު ވަނީ އިތުރުކޮށްފައި

ތަފާތު އެކި ދާއިރާތަކުން ބ. އަތޮޅަށް ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށާއި އަތޮޅަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އަތޮޅު ކައުންސިލުން ތައާރަފު ކުރި “ރަންނާ އެވޯޑް” އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ކުރިން ދިނުމަށް ފަހު މިހާރު ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްފަ އެވެ.

ބ. އަތޮޅު ކައުންސިލުން ބުނިގޮތުގައި މުއްދަތު އިތުރުކުރީ ގިނަ ބަޔަކު އެގޮތަށް އެދެމުން އަންނާތީ އެވެ.

“ރަންނާ” އެވޯޑް ދޭ ދާއިރާތައް؛

• ޝަރަފުވެރިކަމުގެ އެވޯޑް
• ހިތްވަރުދިނުމުގެ އެވޯޑް
• ކައުންސިލުންދޭ ޚާއްސަ އެވޯޑް
• މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުންދޭ ޚާއްސަ އެވޯޑް
• ޚާއްސަ ހިދުމަތުގެ އެވޯޑް
• ހިންގުންތެރިކަމުގެ އެވޯޑް

އަތޮޅު ކައުންސިލުން ބުނި ގޮތުގައި ތަފާތު 6 ދާއިރާއަކުން މި އެވޯޑު ދޭން ނިންމީ، ގައުމީ ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ފާހަގަކުރެވޭ ޝަރަފުވެރިންނާއި ޚިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި އެފަދަ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫހެއް އުފެއްދުމުގެ ގޮތުންނެވެ.

އަދި ބ. އަތޮޅުގައި އިލްމީ ގޮތުން ގާބިލު ޖީލެއް އުފެއްދުމާއި ދަރިވަރުން ހޯދާ ޝަރަފުވެރި ވަނަނަތައް ފާހަގަކޮށް ހިތްވަރު ދިނުންވެސް މި އެވޯޑް ދިނުމުގެ މަގުސަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެވޯޑު ތައާރަފްކުރުމަށާއި އެވޯޑް ޕާޓްނަރުންނާއެކު ސޮއިކުރުމަށް ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް އަތޮޅު ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެވޯޑް ދިނުމުގެ ހަފްލާ ޕީއެސްއެން އިން ލައިވް ކުރުމަށް ހަމަޖެހިފައިވާއިރު، ހަފްލާ ބާއްވާނެ ތާރީހެއް ފައުން އިއުލާން ކުރާނެ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފޯމު ކައުންސިލު އިދާރާގެ ވެބްސައިޓުންނާއި ރަށުކައުންސިލު އިދާރާތަކުން ވެސް ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.