ދޮންފަނުން ހުވަނި ކޮންޓްރޯލްކުރަން ސްޕްރޭކޮށްފި

ހުވަނި ނައްތާލަން ދޮންފަނަށް ސްޕްރޭ ކުރަނީ-- ފޮޓޯ / ދޮންފަނު ކައުންސިލް
ހުވަނި ނައްތާލަން ދޮންފަނަށް ސްޕްރޭ ކުރަނީ– ފޮޓޯ / ދޮންފަނު ކައުންސިލް

ބ. ދޮންފަނުގައި ހުވަނީގެ އުނދަގޫ ބޮޑުވުމާ ގުޅިގެން އެކަން ހައްލުކުރުމުގެ ގޮތުން އެރަށަށް ހުވަނި ބޭސް ޖަހައިފި އެވެ.

ދޮންފަނު ކައުންސިލުގެ ރައީސް ހަނީފު އިބްރާހިމް ވިދާޅުވީ އެރަށުތެރޭގަ އާއި އަދި ހާއްސަކޮށް ސްކޫލު ތެރޭގައި ހުވަނި ގިނަވެގެން ކައުންސިލުން އިސްނަގައިގެން މިދިޔަ ހަފްތާގެ ތެރޭގައި އެކަން ރިސޯޓްތަކަށާއި ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

“އެގޮތުން ރީތި ބީޗު ރިސޯޓުން އިއްޔެވަނީ ހުވަންޏަށް ސްޕްރޭކޮށް އަދި މަދިރިއަށްވެސް ފޮގު ކޮށްދީފައި. މިހާރުވަނީ ސަރުކާރުންވެސް މިކަމުގައި އެހީތެރިވެދޭގޮތަށް ހަމަޖެހިފައި، އަދި ކައިރި ރިސޯޓްތަކުގެ އެއްބާރުލުންވެސް ވަރަށްބޮޑަށް އެބަލިބޭ،”

ހުވަނި ނައްތާލަން ދޮންފަނަށް ސްޕްރޭ ކުރަނީ-- ފޮޓޯ / ދޮންފަނު ކައުންސިލް
ހުވަނި ނައްތާލަން ދޮންފަނަށް ސްޕްރޭ ކުރަނީ– ފޮޓޯ / ދޮންފަނު ކައުންސިލް

“މިރަށު ކައުންސިލާއި ރައްޔިތުންގެ ނަމުގައި ހުރިހާ ފަރާތްތަކަށް ވަކިން ޚާއްސަ ގޮތެއްގައި ރީތި ބީޗަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،” ހަނީފް ވިދާޅުވި އެވެ.

ހުވަނީގެ ސަބަބުން ގަސްގަހަށާއި އިންސާނުންނަށް ގެއްލުން ލިބެއެވެ. ގަސްގަހަށް ގެއްލުންދެނީ ހުވަނީގެ ފަންޏެވެ. ހުވަނީގެ ފަނި ގަސްތަކުގެ ފަތްތައްކެއުމުން ގަހަށް ގެއްލުން ލިބެއެވެ. މީގެއިތުރުން ހުވަނި ފަނީގައި ހުންނަ ކެހެރީގެ ސަބަބުން އިންސާނުންނަށްވެސް އުނދަގޫތަކާ ކުރިމަތިވެއެވެ. ހުވަނީގެ ކެހެރި ޖެހުމުން އެކި މީހުންނަށް ފޯރާ އަސަރު ތަފާތު ވެފައިހުރެއެވެ. ހުވަނި ނުވަތަ އޭގެ ކެހެރި އިންސާނުންގެ ގައިގައި ޖެހުމުން އެތަނެއް ގަދައަށް ހިރުވާ، ކަހާ، ފިތްނަގާ އަދި ރަތްވެ ދުޅަވާގޮތް ވެސް މެދުވެރިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.