އަތޮޅުގެތައް ހުސް ކުރަން ހޯމް މިނިސްޓްރީން އަންގައިފި

ބ. އަތޮޅުގެ. އަތޮޅުގެތައް ހުސްކުރަން ހޯމް މިނިސްޓްރީން ވަނީ އަންގާފައި-- ފައިލް ފޮޓޯ
ބ. އަތޮޅުގެ. އަތޮޅުގެތައް ހުސްކުރަން ހޯމް މިނިސްޓްރީން ވަނީ އަންގާފައި– ފައިލް ފޮޓޯ

އަތޮޅު ކައުންސިލަރުން ދިރިއުޅުމަށް ބޭނުން ކުރަމުންދާ އަތޮޅުގެތަކާއި މަރިޔާދުގެ ފަދަ ސަރުކާރުގެ ތަންތަން ހުސްކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އަންގަވައިފި އެވެ.

ހޯމް މިނިސްޓްރީން އިއްޔެ ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ އެ ތަންތަނުގައި ދިރިއުޅެމުންދާ ފަރާތްތަކުން އަންނަ ޖޫން މަހުގެ 10 ވާ ހުކުރު ދުވަހުގެ ކުރިން އެތަންތަކުން ނުކުތުމަށެވެ.

“އަދި އަތޮޅުގެއިން ނުކުންނެވުމަށް އެފަރާތްތަކަށް އެނގެވުމަށް ފަހު، އެކަން 31 މޭ 2016 ވާ އަންގާރަ ދުވަހުގެ ރަސްމީ ގަނޑި ނިމުމުގެ ކުރިން މިނިސްޓްރީއަށް އަންގަވައި ދެއްވުން އެދެމެވެ،” ސާކިއުލާގައި ބުނެފައިވެ އެވެ.

ސާކިއުލާގައި ބުނެފައިވަނީ އަތޮޅުގެ ފަދަ ތަންތަން ބޭނުން ކުރެވޭނެ އުސޫލެއް ފިނޭންސް މިނިސްޓްރީން އެކުލަވާލައި ސަރުކާރުގެ ގެސެޓްގައި ޝާއިއުކޮށްފައި ވާކަމަށެވެ.

އެހެންކަމުން އެ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން އެތަންތަން ބޭނުން ކުރަމުން ގެންދިޔުމަށް ހޯމް މިނިސްޓަރު ނެރުއްވި ސާކިއުލާގައި ބުނެފައިވެ އެވެ.

“އަތޮޅުގެތައް ސްޓޭޓް ހައުސްގެ ގޮތުގައި ހިންގުމަށް ބޭނުންވާ ޕްރޮސީޖާތައް މި މިނިސްޓްރީން ތައްޔާރުކޮށް އަތޮޅު ކައުންސިލްގެ އިދާރާތަކަށް ވަރަށް އަވަހަށް ފޮނުވާނެ ވާހަކަ ދެންނެވީމެވެ،”

ފިނޭންސް މިނިސްޓްރީން 2015 ވަނަ އަހަރު އެކުލަވާލާފައިވާ އުސޫލާއި ހަވާލާދީ އެ ސާކިއުލާގައި ބުނެފައިވަނީ އެއްވެސް ބަޔަކު ދިރިއުޅުމަށް އަތޮޅުގެތައް ބޭނުން ނުކުރެވޭނެ ކަމަށެވެ.

އަދި އަތޮޅުގެތައް ބެލެހެއްޓުމުގެ ހުރިހާކަމެއް ކުރާނީ މިނިސްޓްރީން ކަމަށް އެ އުސޫލުގައި ބުނާކަމަށާއި އެހެންކަމުން އެތަންތަން ކުއްޔަށް ދޫކުރުމުގެ ގާނޫނީ ބާރުވެރިކަން އޮތް ފަރާތަކީ ފިނޭންސް ކަމަށް ބުނެފައިވެ އެވެ.

އެއްވެސް ބަޔަކު ދިރިއުޅުމަށް އަތޮޅުގެތައް ބޭނުން ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން މިދިޔަ އަހަރު އެކުލަވާލި ސާކިއުލާގަިއ ބުނެފައިވީ ނަމަވެސް މިއަތޮޅުގެ އަތޮޅު ކައުންސިލްގެ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރަކު އަތޮޅުގޭގައި ދިރިއުޅުއްވަ އެވެ. މިއިން ކޮންމެ މެމްބަރަކު އެތަނަށް ކުލީގެ ގޮތުގައި މަހަކު ދައްކަން ޖެހެނީ އެންމެ 600ރ ކަމަށްވެ އެވެ. ނަމަވެސް އަތޮޅުގޭގެ ކަރަންޓްބިލަށް އެކަނިވެސް އެތައްހާސް ރުފިޔާއެއް މަހަކު ހޭދަވާކަމަށްވެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ކަރީމް

    ތިކަން ކުރަން މާ ލަސްވެއްޖެ. ބޮޑުގެއްލުން އެމީހުން ތިބެގެން. ކޮނެމެ ކައުންސިލަރަކަށް ލިވިންގ އެލަވަންސަށް 4000 ދޭ އިރު ރަތްތިުންގެ އިމާރާހިސޯރުކޮށްގެން އެނެމެ ލާރިއެއްވެސް ނިދީ އެތިބެނީ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.