“މިހާރު” ނޫހާއި ވެބްސައިޓް ލޯންޗުކޮށްފި

13221013_1421888084504070_1587624251939099146_n

މިލްކުވެރިކަމުގެ މައްސަލާގައި ހުއްޓާލާފައިވާ ދުވަހު ނޫސް “ހަވީރު”ގެ ކުރީގެ މުވައްޒަފުން ގުޅިގެން އުފެއްދި މިހާރު ނޫހާއި ވެބްސައިޓާއި ރޭ ލޯންޗްކޮށްފި އެވެ.

ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ނޫހުގެ ވެބްސައިޓް ލޯންޗުކޮށްފައިވާ އިރު ޕްރިންޓް ނޫސް ވެސް މިރެއިން ފެށިގެން ވަނީ ނެރެން ފަށައިފަ އެވެ.

މިހާރު ނޫހުގެ އެޑިޓަރަކީ ނޫސްވެރިކަމުގައި 20 އަހަރު ހޭދަކޮށްފައިވާ އަދި ހަވީރުގެ ކުރީގެ މެނޭޖިން އެޑިޓަރު ބ. އޭދަފުއްޓަށް އުފަން އިސްމާއިލް ނަސީރެވެ. އިސްމާއިލް ނަސީރަކީ އޭދަފުށީ ޓައިމްސްގެ ފައުންޑާވެސް މެ އެވެ.

އިސްމާއިލް ނަސީރު ވިދާޅުވީ އެ ނޫހުގެ މަގުސަދަކީ ރާއްޖޭގެ މާހައުލުގައި ބޮޑެތި މައްސަލަތަކުގެ މައްޗަށް، ވަކި އަތަކަށް ނުޖެހި ރިޕޯޓް ކުރުން ކަމަށެވެ.

“މިރޭ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ އަށް “މިހާރު” ނުކުތް ނަމަވެސް ނޫސްވެރިންގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ކުރިއަށް ވުރެ ތަފާތު ގޮތްގޮތަށް ލިއުންތައް ގެނައުމެވެ. އަދި ގައުމުގައި ހުރި މައްސަލަތަކުގެ މައްޗަށް، ވަކި އަތަކަށް ނުޖެހި ލިއުމަކީ “މިހާރު” ނޫސްވެރިންގެ އަޒުމެވެ،”

"މިހާރު" ލޯންޗުކުރުމަށް ރޭ ބޭއްވި ހަފްލާގެ ތެރެއިން
“މިހާރު” ލޯންޗުކުރުމަށް ރޭ ބޭއްވި ހަފްލާގެ ތެރެއިން

ކުރިން “ހަވީރު”ގައި މަސައްކަތްކުރި ނޫސްވެރިންގެ މައްޗަށް ބިނާވެފައިވާ ޓީމަކުން “މިހާރު” ނޫސް ނެރެ އަދި ވެބްސައިޓް ކިއުންތެރިންނާ ހަމަ އަށް ގެނެސްދެވުނީ މާޗު 31 ގައި ސިވިލް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން “ހަވީރު”ގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމުންނެވެ.

“މިހާރު”ގެ ޓީމުން ބުނިގޮތުގައި އެ ޓީމުގެ އަމާޒަކީ ވަކި އަތަކަށް ނުޖެހޭ، މިނިވަން ނޫސްވެރިކަމެއް ކުރުމެވެ. އަދި އެ އަމާޒަށް ދާން ތަޖުރިބާކާރު ލިއުންތެރިންނާއި ނޫސްވެރިން ތިބިކަމަށް އެ ޓީމުން ބުންޏެވެ.

“އެއިން އެއްވެސް މީހަކު ޒާތީ ގޮތުން އެއްވެސް ބަޔަކާ ޖައްސާލައިގެން ނޫސްވެރިކަމެއް ނުކުރާނެ އެވެ. “މިހާރު”ގެ އަޚުލާގީ މިންގަނޑު ބިނާކޮށްފައި އޮތީ އެއަށް ވުރެ ފުރިހަމައަށް އަދި އެއަށް ވުރެ ޕްރޮފެޝަނަލް ފެންވަރެއްގަ އެވެ. އެހެންކަމުން ދިވެހި ރައްޔިތުންނަށް “މިހާރު” ފެންނާނީ ވަކި އަތަކަށް ނުޖެހޭ މީޑިއާއެއްގެ ގޮތުގަ އެވެ. ސާފު ބަސްމަގަކުން ލިއެ، ލިއުންތެރިކަމުގެ މަތީ ފެންވަރުގެ އުފެއްދުންތައް ގެނެސްދިނުމަކީ ކޮންމެ ނޫސްވެރިއެއްގެ ވާޖިބެކެވެ،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.