އުތުރުގެ 3 ރަށަކަށް ދިރާގުން 4ޖީ ތައާރަފްކޮށްފި

 

- ޅ.ހިންނަވަރުގައި 4ޖީ-އެލް.ޓީ.އީގެ ޚިދުމަތް ތައާރަފް ކުރުމުގެ ރަސްމިއްޔާތު- ފޮޓޯ / ދިރާގު
– ޅ.ހިންނަވަރުގައި 4ޖީ-އެލް.ޓީ.އީގެ ޚިދުމަތް ތައާރަފް ކުރުމުގެ ރަސްމިއްޔާތު- ފޮޓޯ / ދިރާގު

 

ރާއްޖެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން އުތުރުގެ ތިން ރަށަކަށް 4ޖީގެ ހިދުމަތް ދޭން ފަށައިފި އެވެ.

ދިރާގު ބްރޯޑްބޭންޑް އިންޓަނެޓް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން، މި ހިދުމަތް މިއަދު އަލަށް ތައާރަފް ކުރީ ޅ. ހިންނަވަރުގަ އާއި ނ. ވެލިދޫ އަދި ރ. ދުވާފަރެވެ.

މިތިން ރަށުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން ބައިވެރިވީ އޭދަފުށީ އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރ އަބްދުﷲ ސޯދިގު އެވެ. މި ރަށްރަށަށް 4ޖީ ތައާރަފުކުރެވުމުން، އެކަމުގެ ހަނދާނީ ފިލައެއްވެސް ވަނީ އެ ރަށްތަކުގެ ކައުންސިލް އިދާރާތަކަށް ދިރާގުން އަރުވާފައެވެ.

- ނ. ވެލިދޫގައި 4ޖީ-އެލް.ޓީ.އީގެ ޚިދުމަތް ތައާރަފް ކުރުމުގެ ރަސްމިއްޔާތު
– ނ. ވެލިދޫގައި 4ޖީ-އެލް.ޓީ.އީގެ ޚިދުމަތް ތައާރަފް ކުރުމުގެ ރަސްމިއްޔާތު

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވީ މި ތިން ސަރަހައްދަށް 4ޖީ-އެލް.ޓީ.އީގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބުމަކީ ދިރާގު ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި މި 3 ރަށަކީ 3ޖީ ގެ ހިދުމަތްވެސް ބޭނުންކުރައްވާ ކަސްޓަމަރުން މިހާރުވެސް ގިނަ އަދަދަކަށް އުޅޭ ރަށްތަކެއްކަމަށް އިމްޖާދު ވިދާޅުވި އެވެ.

“އަދި މީގެ އިތުރުން މީހުން ދިރިއުޅޭ އިތުރު ގިނަ ރަށްތަކަކަށް މިއަހަރުގެ ތެރޭގައި ދިރާގު 4ޖީގެ ހިދުމަތް އިރާދަކުރެއްވިއްޔާ ފުޅާ ކުރައްވަން ވަނީ ރާވާފައި، ހަމަ އެހެންމެ ހަލުވި ސްޕީޑްގައި އިންޓަނެޓް ލިބިގެން ދިޔުމުން ރަށުގެ ހުރިހާ މުއައްސަސާތަކާ، ރަށަށް ޒިޔާރަތްކުރާ ފަރާތްކަތަކަށްވެސް އިތުރު ލުއި ފަސޭހަތައް ލިބިގެންދާނެ، އަދި މިއީ ރަށުގެ ކުރިއެރުމަށްވެސް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ޤަބޫލުކުރަން،”

ރާއްޖެއަށް 4ޖީގެ ޚިދުމަތް ތައާރަފުކުރުމަށްފަހު އަތޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިފަހަރު ލޯންޗް ކުރެވިގެން މިދިޔަ ރަށްތަކާއިއެކު އައްޑޫ ސިޓީ، ޏ، ފުވައްމުލައް، ގއ.ވިލިނގިލި، ގދ.ތިނަދޫ، ޅ.ނައިފަރު، ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށީގައިވެސް މިހާރު މިވަނީ މިޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރެވިފަ އެވެ.

- ރ. ދުވާފަރުގައި 4ޖީ-އެލް.ޓީ.އީގެ ޚިދުމަތް ތައާރަފް ކުރުމުގެ ރަސްމިއްޔާތު
– ރ. ދުވާފަރުގައި 4ޖީ-އެލް.ޓީ.އީގެ ޚިދުމަތް ތައާރަފް ކުރުމުގެ ރަސްމިއްޔާތު

ދިރާގުގެ 4ޖީ ނެޓްވޯރކަކީ މިހާރު ރާއްޖޭގެ އެންމެބޮޑު އަދި އެންމެ ހަލުވި ސްޕީޑް ލިބޭ 4ޖީ ނެޓްވޯރކެވެ. މި ހިދުމަތް ދިރާގުން މިހާރު ވަނީ ދިވެހިރާއްޖޭގެ ބޮޑު ސަރަހައްދަކަށް ފުޅާކޮށްފަ އެވެ.

އެގޮތުން މާލެސިޓީއާއި މާލެއަތޮޅު ފިޔަވައި ރާއްޖޭގެ މީހުން ގިނައިން ދިރިއުޅޭ އެހެނިހެން ސަރަހައްދުތަކަށް މިހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުންޏަކީވެސް ދިރާގެވެ.

މީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުން މިވަނީ އެންމެ ފުރިހަމަ 3ޖީގެ ހިދުމަތް ވެސް ފޯރުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.