ޒިންމާދާރު ރައްޔިތެއް ބިނާކުރަން ވޯކްޝޮޕެއް ފަށައިފި

ހޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން އޭަފުށީގައި ކުރިއަށްދާ ވޯކްޝޮޕްގެ ތެރެއިން-- ފޮޓޯ / ބ. އަތޮޅު ކައުންސިލް
ހޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން އޭަފުށީގައި ކުރިއަށްދާ ވޯކްޝޮޕްގެ ތެރެއިން– ފޮޓޯ / ބ. އަތޮޅު ކައުންސިލް

ހޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން ބ. އަތޮޅު ކައުންސިލާއި ގުޅިގެން މިއަތޮޅުގެ މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތަކުގެ އިސްވެރިންނަށް ޚާއްސަކޮށްގެން ވޯކްޝޮޕެއް ފަށައިފި އެވެ.

 

އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި މިއަދު ހެނދުނުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ވޯކްޝޮޕުގައި ބައިވެރިންނަށް މައުލޫމާތުދެއްވަނީ ހޯމް މިނިސްޓްރީގެ ބޭފުޅުންނެވެ.

ވޯކްޝޮޕު ފައްޓަވައިދެއްވަމުން ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިބްރާހީމް ހަމީދު ވިދާޅުވީ މީގެ ކުރިންވެސް ބައެއް އަތޮޅުތަކުގައި މިފަދަ ވޯކްޝޮޕްތަކެއް ބޭއްވިފައިވާކަމަށާއި، މިއީ އެގޮތުން ބޭއްވޭ 6 ވަނަ ވޯކްޝޮޕް ކަމަށެވެ.

    “ނަމަވެސް މީގެ ކުރިން މި ވޯކްޝޮޕް ބާއްވަމުން ގެންދިޔައީ އަމާންވެއްޓެއް ގާއިމްކުރުމުގެ ނަމުގައި، މިފަހަރު މި ބޭއްވެނީ އެނަން ‘ޒިންމާދާރު ރައްޔިތެއް ބިނާކުރުން’ ގެ ނަމަށް ރީބްރޭންޑް ކުރެވިގެން. މިގޮތައް މިނަން ރީބްރޭންޑް ކުރަން ޖެހުނު ސަބަބަކީ އަމާންވެއްޓެއް ޤާއިމްކުރެވޭނީ ފުރަތަމަ ޒިންމާދާރު ރައްޔިތުންތަކެއް ބިނާކޮށްގެން ކަމުގައިވާތީ،”

ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލް ވިދާޅުވީ ޒިންމާދާރު ރައްޔިތުންތަކެއް ބިނާކުރެވޭނީ އެ ރައްޔިތުންނަށް ނަމޫނާ ދައްކަވަން ތިއްބެވި އެންމެހާ ފަރާތްތަކުން އެފަރާތްތަކުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށް، އެ ނަމޫނާ ދެއްކިގެން ކަމަށެވެ.

މީގެއިތުރުން ރައްޔިތުން ބާރުވެރިކުރުމާއި ޒިންމާދާރުކުރުވުމުގެ ގޮތުން ލާމަރުކަޒީ ޤާނޫން ނަގަހައްޓާ ދަމަހައްޓަން ކަމާގުޅޭ ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށްވެސް އާދިލް ވިދާޅުވި އެވެ.

މި ވޯކްޝޮޕްގައި ބ އަތޮޅު ގެ ހުރިހާ ރަށެއްގެ އިސްވެރިންގެ އިތުރުން ތައުލީމީ ދާއިރާ، ލޯކަލް ގަވަމަންޓް އޮތޯރިޓީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އަދި ނޭޝަނަލް ޑްރަގް އޭޖެންސީގެ އިތުރުން ފުލުހުންގެ އިދާރާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.