ދަރަވަންދޫގައި ފެނުގެ ނިޒާމް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަނީ

ބ. ދަރަވަންދޫ
ބ. ދަރަވަންދޫ

 

ބ. ދަރަވަންދޫގައި ގާއިމުކުރާ ފެނުގެ ނިޒާމުގެ ޑިޒައިންގެ އަމަލީ މަސައްކަތް ސްޕަވައިޒް ކުރާނެ ކޮށްދޭނެފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

 

ދަރަވަންދޫގެ އިތުރުންް ރ. މަޑުއްވަރީ އާއި ހދ ނޮޅިވަަރަމްފަރު އަދި ށ ފޯކައިދޫގައި ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތްކޮށް އަމަލީ މަސައްކަތް ސްޕަވައިޒްކުރާނެ ފަރާތެއް ހޯދަން ބޭނުންވާކަމަށް ވެސް ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އެ އިއުލާނުގައި ވެ އެވެ.

 

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބެނެފައިވާ ގޮތުގައި މި ހަތަރު ރަށުގެ ފެނުގެ ނިޒާމު ގާއިމު ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރންމަންޓް އެންޑް އެނަޖީގެ ފަރާތުން ކުރިއަށް ގެންދާ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވަނީ ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް )ގެ ހިލޭ އެހީގެ ދަށުންނެވެ

 

 

މި މަސައްކަތް ނިންމުމަށް 18 މަސްދުވަހުގެ މުއްދަތެއް ދީފައި ވާއިރު ކޮންސަލްޓަންސީ މަސައްކަތްތަކުގެ ތެރޭގައި ޕްރެލިމިނަރީ ޑިޒައިން ހެދުން، ޓެންޑަ ޑޮކިއުމަންޓް ތައްޔާރުކުރުން، އިވެލުއޭޓް ކުރުން، ކޮންޓްރެކްޓް ނެގޯޝިއޭޓް ކުރުން، ކޮންޓްރެކްޓް މެނޭޖްމަންޓާއި، ކޮންޓްރެކްޓް އެގްރީމަންޓް ތައްޔާރުކުރުން ހިމެނެ އެވެ. އަދި މި ހަތަރު ރަށުގެ ފެނުގެ ނިޒާމު ޑިޒައިންގެ މަސައްކަތް ކުރުމާއެކު އަމަލީ މަސައްކަތް ސްޕަވައިޒްކުރުން ވެސް ހިމެނޭ ކަމަށް މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.