
ދަރަވަންދޫ ކުނި މެނޭޖް ކުރާ ސެންޓަރ އަޕްގްރޭޑް ކުރުމަށް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ
އިއްޔެ އެންވަރމަޓް މިނިސްޓްރީގައި އޮތް ރަސްމީޔާތެެއްގައި މި އެއްބަސްވުމުގެ ދަށުން ވީ އަވަރ އިންވެސްޓްމެންޓްގެ ފަރާތުން ސޮއި ކުރެއްވީ އެކައުންޓްސް މެނޭޖަރ އަހުމަދު އަނީސެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިޔުޓީ މިނިސްޓަރ އަލީ އާމިރުއެވެ
ދަރަވަންދޫ ކުނި މެނޭޖްކުރާ ސެންޓަރ އަޕްގްރޭޑް ކުރުމަށް ވީ އަވަރ އިންވެސްޓްމަންޓް އާއި ހަވާލުކޮށްފައި ވަނީ 15 ދުވަހުގެ މުއްދަތަކަށެވެ
15 ދުވަހުގެ ތެރޭގައި މި ސެންޓަރ އަޕްގްރޭޑް ކޮށް ނިންމަން ވި އަވަރ އިންވެސްޓްމަންޓާއި ހަވާލު ކޮށްފައިވަނީ 178419.20 ރުފިޔާއަށެވެ
އުތުރުގެ 4 އަތޮޅެއްގެ ކުނިމެނޭޖް ކުރުމުގެ މަޝްރޫއުގެ ދަށުން އިތުރު 6 ރަށެއްގެ މަސައްކަތް ހަވާލުކުރުމުގެ ބިޑިން މަސައްކަތް މިހާރު ކުރިޔަށް ދާކަމަށް އެންވަރމަންޓް މިނިސްޓްރީން ބުނެއެވެ
