ބެޑްމިންޓަން ކޯޗިން ކޯސްނިމި، ސެޓްފިކެޓްދީފި

ބެޑްމިންޓަން ކޯސް ފުރިހަމަކުރި ބައިވެރިން-- ފޮޓޯ / ބ. އަތޮޅު ކައުންސިލް
ބެޑްމިންޓަން ކޯސް ފުރިހަމަކުރި ބައިވެރިން– ފޮޓޯ / ބ. އަތޮޅު ކައުންސިލް

ބެޑްމިންޓަން އެސޯސިއޭޝަން އާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އަދި ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ބީޑީސީ ގުޅިގެން އޭދަފުށީގައި ހިންގި ބެޑްމިންޓަން ކޯޗިން ކޯސް ފުރިހަމަކުރި ބައިވެރިންނަށް މިއަދު ސެޓްފިކެޓް ދީފި އެވެ.

ބ. އަތޮޅު ކައުންސިލް އިދާރާގައި މެންދުރު އޮތް ރަސްމިއްޔާތެއްގައި ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލު އެވެ.

އާދިލް ވިދާޅުވީ މިފަދަކޯހެއް ބ. އަތޮޅުގައި ހިންގުމުގެ ފުރުސަތު ލިބުނުކަމީ މިއަތޮޅުގައި ބެޑްމިންޓަން އިތުރަށް ކުރިއެރުވުމަށް ލިބުނު ވަރަށް ރަގަޅު ފުރުސަތެއް ކަމަށެވެ.

މިއަދު ސެޓްފިކެޓް ހަވާލުކުރީ ކޯސް ފުރިހަމަ ކުރި 13 ފަރާތަކަށެވެ. މި ފަރާތްތަކަށްވަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީ.ޑަބްލިޔު.އެފް) ލެވެލް 1 ގެ ކެޓެގަރީ އަދި އެމްކިއުއޭ ގަބޫލުކުރޭ ލެވެލް 1 ގެ ސެޓްފިކެޓެއް ލިބިފަ އެވެ.

މި ކޯސް ފުރިހަމަކުރި ފަރާތްތައް ބައިނަލް އަގުވާމީ ފެންވަރުގައި އާއި ރާއްޖޭގެ ފެންވަރުގައިވެސް ބަލައިގަންނާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެއެވެ.

ބ. އަތޮޅުގައި ބެޑްމިންޓަން ކުރިއެރުވުމަށްމަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ބައިވެރިންގެ ފަރާތުން މިއަދުވަނީ ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.