މާޅޮހު ކައުންސިލަރުންގެ ރޯދަ ހަދިޔާ: މިފަހަރު ކޮންމެ ގެއަކަށް 5 ކިލޯ ފިޔާ

މާޅޮހު ކައުންސިލަރުން ރައްޔިތުންނަށް ރޯދައަށް ފިޔާ ބަހަނީ-- ފޮޓޯ / މާޅޮހު ކައުންސިލް
މާޅޮހު ކައުންސިލަރުން ރައްޔިތުންނަށް ރޯދައަށް ފިޔާ ބަހަނީ– ފޮޓޯ / މާޅޮހު ކައުންސިލް

ފަހަކަށް އައިސް ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް މިއަތޮޅު މާޅޮހު ކައުންސިލަރުން އަންނަނީ އެރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ހަދިޔާތައް ބަހަމުންނެވެ. އެގޮތުން މިއަހަރު ރޯދަ ހަދިޔާގެ ގޮތުގައި އެރަށުގެ ކޮންމެ ގެއަކަށް ކައުންސިލަރުން ވަނީ 5 ކިލޯ ފިޔާ ބަހައިފަ އެވެ.

ރައްޔިތުންނަށް މިތަކެތި ފޯރުކޮށްދިނުމުގައި އަމަލީގޮތުން ހަރަކާތްތެރިވީވެސް އެރަށުގެ ކައުންސިލަރުންނެވެ.

އާބާދީގައި 690 މީހުން ދިރިއުޅޭ މާޅޮހު ކައުންސިލްގެ ރައީސް ވިދާޅުވީ މިއީ މިހާރު އޮތް ކައުންސިލުން ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ދެމުންގެންދާ ހަދިޔާއެއް ކަމަށެވެ. އެގޮތުން މިދިޔަ ދެ އަހަރު ވެސް ރޯދަމަހާ ދިމާކޮށް ތަފާތު އެހީތައް ފޮރުކޮށްދީފައިވާނެ ކަމަށް އޭނާ ވިިދާޅުވި އެވެ.

“މިއީ މިހާރު އޮތް ކައުންސިލުން ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ރައްޔިތުންނަށް ހަދިޔާއެއް ދިނުމުގެ ގޮތުން ކުރިއަށްގެންދާކަމެއް. މިއަހަރު އަޅުގަނޑުމެން މިބެހީ ކޮންމެ ގެއަކަށް 5 ކިލޯ ފިޔާ. ކުރީ އަހަރު ކޮންމެ ގެއަކަށް ބިސް ޓްރޭއެއް،” ސުޖާއު ވިދާޅުވި އެވެ.

ބ. މާޅޮހު ކައުންސިލު މެންބަރުން
ބ. މާޅޮހު ކައުންސިލު މެންބަރުން

ސުޖާއު ވިދާޅުވި ގޮތުގައި އެތަކެތި ބަހަނީ އެރަށުގެ ހުރިހާ ކައުންސިލަރުންގެވެސް ބައިވެރިވުމާއެކު، ކައުންސިލަރުންގެ އަމިއްލަ ހަރަދުގައެވެ. މާޅޮހު ކައުންސިލުގަިއ ތިއްބަވަނީ އެމްޑީޕީގެ 5 މެންބަރުންނެވެ.

ބައެއް ކައުންސިލްތަކުުން ދަނީ ރޯދަ މަހު އެރަށްރަށުގެ ރައްޔިތުންނަށް ތަފާތު އެހީތައް ފޯރުކޮށްދެމުންވެ. އެގޮތުން މި ރޯދަމަހުވެސް އއ. ބޮޑުފުޅަދޫ ކޮންމެ ގެއެއްގެ ކަރަންޓު ބިލްގެ ދެބައިކުޅަ އެއްބައި އެރަށު ކައުންސިލުން ދައްކައިދޭން ވަނީ ނިންމައިފައެވެ.

ކައުންސިލަރުން ރައްޔިތުންނަށް ރޯދަ ހަދިޔާ ދޭއިރު ބައެއް ދާއިރާތަކުގެ މަޖިލިސް މެމްބަރުން ދަނީ އެ ދާއިރާގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ތަފާތު ތަކެތި ބަހަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.