ބ. އޭދަފުށީ، ސައިމާގޭ ހަދީޖާ އިބްރާހިމް ނިޔާވެއްޖެ އެވެ.
އެ އާއިލާގެ ބޭފުޅަކު ބުނިގޮތުގައި ޚަދީޖާ 90، ނިޔާވީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން ބަލިވެއުޅުމަށްފަހު މިއަދު މެންދުރެއް ހާއިރު އޭދަފުށީގަ އެވެ.
ޚަދީޖާ އިބްރާހިމް ނިޔާވިއިރު، ހަތް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.
ޚަދީޖާ އަކީ އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަހްމަދު ޒިޔާދުގެ މާމަ އެވެ.
މައްޔިތާގެ މައްޗަށް ކަށު ނަމާދުކުރުން އޮންނާނީ މިރޭ އިޝާނަމާދަށްފަހު އޭދަފުށީ ބޮޑު މިސްކިތުގަ އެވެ. ކަށު ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.
އަލްމަރުޙޫމާ ޚަދީޖާ އިބްރާހިމްގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.