ބ. އަތޮޅުގައި މިއަހަރު އިތުރު ތިން ރިސޯޓް ހުޅުވަނީ

milaidhoo

މިހާރު ވެސް ގިނަ ރިސޯޓްތަކެއް ހިންގަމުން އަންނަ ބ. އަތޮޅުގައި މިއަހަރުތެރޭ އިތުރު ތިން ރިސޯޓެއް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓު ތަކުގައި ބުނެފި އެވެ. އެގޮތުން މިއަހަރުތެރޭ ހުޅުވުމަށް ތައްޔާރުވަމުން އަންނަ ރިސޯޓް ތައް ތިރީގައި އެވަނީއެވެ.

ފިނޮޅު ރިސޯޓް

މިމަހުގެ 17 ގައި ހުޅުވުމަން ތައްޔާރުވަމުން އަންނަ މި ރިސޯޓަކީ ފުރިހަމަ، ޒަމާނީ އަދި އަޖައިބުކުރުވަނިވި ރިސޯޓަކަށްވާނެ އެ ރިސޯޓް ހިންގަން ހަވާލުވެފައިވާ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީއާ ހަވާލާދީ، ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓް ތަކުގަިއ ވަނީ ބުނެފަ އެވެ.

ފިނޮޅު ހިންގާ ކުންފުންޏަކީ މި އަތޮޅުގައި އޮންނަ އަމިއްލަފުށި ރިސޯޓް ވެސް ހިންގާ ކުންފުންޏެވެ. މި ދެ ރިސޯޓް ވެސް ތަރައްގީކުރުމުގެ މަސައްކަތްކުރީ މަޝްހޫރު ވިޔަފާރި ކުންފުނި ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިންނެވެ.

ފިނޮޅު ރިސޯޓް. މި ރިސޯޓް މިމަހު 17 ގައި ހުޅުވާނެ
ފިނޮޅު ރިސޯޓް. މި ރިސޯޓް މިމަހު 17 ގައި ހުޅުވާނެ

ސްމޯލް މޯލްޑިވްސްއާ ހަވާލާދީ ބުނެފައި ވަނީ އެ ރިސޯޓްގައި ހަދާފައިވާ އެއްގަމު ވިލާ އަދި މޫދު ވިލާތަކުގައި އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ތަންތަން ހިމެނޭ ކަމަށެވެ. އަދި އެ ރަށުގައި ތަފާތު ހަތް ވައްތަރުގެ ވިލާ ހުންނައިރު ޕްރައިވެޓް ސްވިމިން ޕޫލް ހިމެނޭ ވިލާތައް ވެސް ހުރެ އެވެ.

އަދި މުނިފޫހިފިލުވުމާއި ކަސްރަތުކުރުމަށް ހާއްސަ ކަންތައްތަކެއް ހިމަނާފައިވާއިރު ތަފާތު މޫދު ކުޅިވަރުތައް ވެސް ތައާރަފްކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މިލައިދޫ

މިލައިދޫ ރިސޯޓް
މިލައިދޫ ރިސޯޓް

މިލައިދޫ އަކީ މިއަތޮޅު ކަމަދޫ ކައިރީގައި އޮންނަ 5.4 ހެކްޓަރުގެ ހިތްގައިމު ކުޑަ ރަށެކެވެ.

ފަސް ތަރީގެ ފެންވަރަށް އެރަށުގައި ތަރައްގީކުރާ ރިސޯޓުގައި މޫދުގައި ހަދާފައިވާ ކޮޓަރިތައް ވަރަށް ހިތްގައިމުވާނެ ކަމަށް އެ ރިސޯޓްގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

އެގޮތުން އެ ރިސޯޓްގައި 219 އަކަމީޓަރުގެ29 ވޯޓަޕޫލް ވިލާ ހުންނައިރު މިއިން ކޮންމެ ވިލާއެއްގައި ތާޒާ ފެނުގެ ޕޫލެއް އޮވެއެވެ. އަދި382 އަކަމީޓަރުގެ ބީޗް ރެސިޑެންސްކިޔާ ދެވިލާއަކާއެކު 18 ބީޗްވިލާ ވެސް ހުންނައިރު ރިސޯޓްގެ ހުރިހާ ތަނެއްވެސް ފަރުމާކޮށްފައި ހުންނާނީ ދިވެހި ސަގާފަތް ދައްކުވައިދޭ ގޮތަށްކަމަށް އެ ރިސޯޓްގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ޔުނިވާސަލް އިން ތަރައްގީކުރާ މި ރިސޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރުމަހު ތެރޭގަ އެވެ.

މިލައިދޫގައި ދުނިޔޭގެ ފެންވަރުގެ އެކި ރަހަތަކުގެ ކެއިން ބުއިމުގެ ހިދުމަތްދޭ ތިން ރެސްޓޯރަންޓް ވެސް ހިމެނެ އެވެ. އޭގެ އިތުރުން ސްޕާ އާއި ޔޯގާ އަދި ޖިމެއް ވެސް އެ ރަށުގައި ހުރެ އެވެ. އަދި ޑައިވް އާއި މެރިން ސްޕޯޓްސް ސެންޓަރެއް ވެސް ހުރެ އެވެ.

ވޯވަށް

112132_3_bd0731684c2ce7ac96cfc62d637650af1807a845_medium

ވޯވަކަކީ މިއަތޮޅު ލަނޑާގިރާވަރު ރިސޯޓު ކައިރީގައި އޮންނަ ހިތްގައިމު ކުޑަ ރަށެކެވެ.

އެ ކުޑަ ރަށުގައި އެންމެ މަތީ ފެންވަރުގެ ޕްރައިވެޓް ރަށެއް ގޮތުގައި ތަރައްގީކުރަނީ ދުނިޔޭގެ މަޝްހޫރު އެއް ހޮޓެލް ޗެއިން، ފޯސީޒަން ރިސޯޓުންނެވެ.

މިއީ ފޯސީޒަނުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ޕްރައިވެޓް ރަށެވެ. އެ ކުންފުނިން މިއަތޮޅު ލަނޑާގިރާވަރުގެ އިތުރުން ކ. ކުޑަހުރާގައި ފޯސީޒަން ކުޑަހުރާގެ ނަމުގައި ވެސް ފަސް ތަރީގެ ރިސޯޓެއް ހިންގަ އެވެ.

މީހުންގެ ޖާގައިގެ ޕްރައިވެޓް ރަށެއްގެ ގޮތުގައި ތަރައްގީކޮށް މި އަހަރު ފަހުކޮޅު ހުޅުވަން ނިންމާފައިވާ ކަމަށް، ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ފޯސީޒަނާ ހަވާލާދީ ބުނެފައިވެ އެވެ.

އެ ކުންފުންޏާ ހަވާލާދީ އެ ވެބްސައިޓްގައި ބުނެފައިވަނީ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ރަށް ވެގެންދާނީ ވަގަށް ފޮޓޯ ނަގާ މީހުންނަށް މަނާ އަދި ހުޅުވާލެވިފައިވާ ފުރުސަތުތަކެއް ލިބޭ ހިތްގައިމު ތަނަކަށް ކަމަށެވެ.

ފޯސީޒަނުން ބުނީ ގާތްގަނޑަކަށް ފަސް ހެކްޓަރުގެ ރަށް ވެގެންދާނީ ޓޫރިސްޓުންނަށް ވަރަށް ހިތްހަމަޖެހޭ އަމިއްލަ ރަށެއް ކަމަށް އިހުސާސްކުރެވޭ ތަނަކަށް ކަމަށެވެ.

ފޯސީޒަނުން ބ. ވޯވަށުގައި ތަރައްގީކުރާ ޕްރައިވެޓް އައިލެންޑްގެ ކޮޓަރިއެއް: އެ ރަށުގައި ހަތް ކޮޓަރި ހުރޭ.
ފޯސީޒަނުން ބ. ވޯވަށުގައި ތަރައްގީކުރާ ޕްރައިވެޓް އައިލެންޑްގެ ކޮޓަރިއެއް: އެ ރަށުގައި ހަތް ކޮޓަރި ހުރޭ.

ފޯސީޒަން ރިސޯޓް ލަނޑާގިރާވަރުގެ ޖެނެރަލް މެނޭޖަރު އަދި ރީޖަނަލް ވައިސް ޕްރެޒިޑެންޓް އާމަންޑޯ ކަރެންޒްލިން ވިދާޅުވީ ލަނޑާގިރާވަރުން ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށަށް އަންނަން ބޭނުންވާ ގެސްޓުންނަށް ޕްރައިވެޓް ބުކިން ހެދޭނެ ކަމަށެވެ.

“ގެސްޓުންނަށް އެ މީހުންގެ އަމިއްލަ ތަނެއްގައި އުޅެވޭ ކަހަލަ އިހުސާސްކުރެވޭނެ. އެތަނުގައި އާއިލާއާ އެކު ނުވަތަ ރައްޓެހިންނާއެކު ވެސް ޗުއްޓީ ހޭދަކޮށްލެވޭނެ،” އޭނާ ވިދާޅުވި އެވެ.

ހަތް ކޮޓަރީގެ ރަށުގައި ސްޕާއަކާއި ޑައިވް ސެންޓަރެއްގެ އިތުރުން 19 މީޓަރުގެ ޔޮޓެއް ވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އޭގެ އިތުރުން އެ ރަށުގައި ދެ ބުރީގެ ބީޗް ހައުސްގައި ކާ ތަނަކާއި ނިދާ ކޮޓަރިއަކާއި ސްވިމިން ޕޫލަކާއި ލައިބްރަރީ އަދި ޖިމެއް ވެސް ހުންނާނެ ކަމަށް ފޯސީޒަނުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.