އޮފީސް މުބާރާތް ހުޅުވައިދޭނީ ޑަބްލިޔުއޭސީ އާއި ޓީމު އެކަތަ

އިންޓަ އޮފީސް ފުޓްބޯލް ޗެލެންޖްގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން: މި މުބާރާތުގައި 15 އޮފީހުން ވަނީ ހަ ޓީމު ބައިވެރިވެފައި. -- އީޓީ ފޮޓޯ
އިންޓަ އޮފީސް ފުޓްބޯލް ޗެލެންޖްގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން: މި މުބާރާތުގައި 15 އޮފީހުން ވަނީ ހަ ޓީމު ބައިވެރިވެފައި. — އީޓީ ފޮޓޯ

ބ. އޭދަފުށީ އޮފީސްތަކަށް ހުޅުވާލައިގެން  ބޭއްވުމަށް ހަމަޖެހިފައިވާ “އިންޓަ އޮފީސް ފުޓްސަލް ޗެލެންޖް” ގެ ފުރަތަމަ މެޗުގައި ޓީމު ޑަބްލިޔު އޭސީ އާއި ޓީމު އެކަތަ ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ގޮތަށް ހަމަޖެހުނީ އޭދަފުށީ އޮފީސް/ކުންފުނި ތަކުގެ މެދުގައި ފޯރިއާ އެކު ބާއްވާ މި މުބާރާތުގެ ގުރުލުމަށް އޭދަފުށީ ޕޮލިސް ސްޓޭޝަން ގައި މިރޭ ބޭއްވި ޚާއްސަ ހަފުލާގަ އެވެ

އޭޕްރިލް 1 އިން 6 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާ ޔުޓިލިޓީ/އެސްޓީއޯ/ކޯޓް ގުޅިގެން ނަގާފައިވާ (އެކަތަ)  އާއި ވަތަނިއްޔާ/އެޓޯލް ކައުންސިލް/މީޑިޔާ ސެންޓަރުން ކޮމްބައިންކޮށް ނަގާފައިވާ ޓީމް ޑަބްލިޔު.އޭސީ ލައްވާލީ ގުރޫޕް އޭ ގަ އެވެ. މި ގުރޫޕްގައި ދެން އޮތީ ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަން ބ. އަތޮޅު ތައުލީމީ މަރުކަޒު (އެފްޓީ ގްރުޖުއޭޓް) އެވެ. ގުރޫޕް ބީގައި އޮތީ ބެންކް/ހޮސްޕިޓަލް/ޖެންޑާ/ރަށު ކައުންސިލް ގުޅިގެން ނަގާފައިވާ ފޭސް ބެޗް އާއި ދިރާގު/ވިލާ ކޮލެޖް/ބައޮސްފިއާ ގުޅިގެން ނަގާފައިވާ (ޓީމު ޔުނައިޓެޑް) އެވެ.

މުބާރާތުގެ ސެމީ އަށް ދާނީ ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު އޭދަފުށީ އުތުރުފަރާތު ސްޓޭޖް ސަރަހައްދުގަ އެވެ.

މި މުބާރާތަކީ ފުލުހުންގެ 80 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އޭދަފުށީ ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށް އިޖްތިމާޢީ ރޫޙާއި ކުޅިވަރުގެ ރޫޙު އާލާކުރުމަށާއި، މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަނަކީ ބ. އަތޮޅު ތައުލީމީ މަރުކަޒު އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. baa atoll council

    ތަށި ލިބޭނީ ހަމަ ސްކޫލް ޓީމަށް. ކޮންމެ ބަޔަކާ ކުޅުނަސް ވަޅީގެ ބޭނުން ކުރާނަން. މިހާރު ވަޅި އޮތީ ރެޑީ ކޮށްފަ.

    ރައްދު
  2. mode

    މި ފުޓްސަލް މުބާރާތާ ބެހޭ ގޮތުން ލިޔެފައިވާ ހުރިހާ ލިޔުމެއްގައި ފާއިތުވީ 2 އަހަރު ބ.އަތޮޅު ތަޢުލީމީމަރުކަޒަށް ތަށި ލިބުނު ވާހަކަ އެބަ އޮވޭ އެހެން އޮތަސް މި ފަހަރު އެއީ ހޮސްޕިޓަލް ތައްޓެއް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.