ސަލީމްގެ ސަޕޯޓަރުން އޭދަފުށީގައި އުފާފާޅުކޮށްފި

އޭދަފުށީ ދާއިރާއިން ރައްޔިތުންގެ މަޖިލިސްގެ ގޮނޑި ކާމިޔާބު ކުރެއްވި އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)ގެ ސަޕޯޓަރުން މިއަދު އޭދަފުށީގެ މަގުތަކުގައި އުފާފާޅުކުރަނީ — ނިޔަމި ފޮޓޯ

ވާދަވެރި ކެމްޕޭނަކަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ބ. އޭދަފުށީ ދާއިރާގެ ގޮނޑި އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ކާމިޔާބު ކުރެއްވުމާ ގުޅިގެން އޭނާގެ ސަޕޯޓަރުން މިއަދު އޭދަފުށީގައި އުފާ ފާޅުކޮށްފި އެވެ.
ރަތް ކުލައިގެ ހެދުމުގައި ތިބި އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ނުކުމެ އޭދަފުށީގެ ބޮޑެތި މަގުތަކުގައި ލަވަޖަހައި ނަށާ ހަދާފައިވެ އެވެ.
އޭދަފުއްޓަށް އުފަން މަހުޖަނު، އަހުމަދު ސަލީމް ގޮނޑި ކާމިޔާބު ކުރެއްވީ ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހަންމަދު ވަޖީހާއި ޑީއާރުޕީގެ އިމްރާން އަލީ (އިއްސަ) އާއި އަމިއްލަ ގޮތުން ވާދަކުރެއްވި އަބޫބަކުރު އަލީ ބޮޑު ތަފާތަކުން ބަލި ކުރައްވައިފަ އެވެ. ސަލީމަށް ގިނައިން ވޯޓު ލިބިފައި ވަނީ އޭދަފުށިންނެވެ. އަދި އޭނާ މި އިންތިހާބު ކާމިޔާބު ކުރެއްވީ ވެސް އޭދަފުށިން ލިބުނު ތަފާތު ބޮޑު ވޯޓުތަކަކުންނެވެ.

(މި ހަބަރުގައި ވޯޓުތަކުގެ ތަފުސީލުތައް ނުހިމެނީ އީޓީ އަށް ލިބިފައިވާ ވޯޓުގެ ނަތީޖާތަކުގައި އޮޅުންތަކެއް އުޅޭތީ، އެންމެ ސައްހަ އަދަދުތައް ލިބިފައި ނުވާތީ އެވެ.)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.