ފޭލި ޤުރްއާން މުބާރާތުގައި 350 އަށްވުރެ ގިނަ ބައިވެރިން

ފޭލި ޤުރްއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އީދު ދުވަހުގެ ރޭ
ފޭލި ޤުރްއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އީދު ދުވަހުގެ ރޭ

ފޭލި ޖަމިއްޔާއިން ބާއްވާ ގުރުއާން މުބާރާތުގައި މިއަހަރު 350 އަށް ވުރެގިނަ ބައިވެރިން ބައިވެރިވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ފޭލި ޖަމިއްޔާއިން ބުނީ އެ ޖަމިއްޔާއިން ރޯދަމަހާ ގުޅުވައިގެން އަހަރަކު އެއް ފަހަރު ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވާ މީހުންގެ އަދަދު އަހަރެއް އަހަރަކަށް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި 386 ބައިވެރިން ބައިވެރިވެފައިވާ ކަމަށެވެ.

ފޭލި ޖަމިއްޔާއިން ބުނީ މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ ލިސްޓް އިސްލާހު ކުރުމަށްޓަކައި މިހާރު ފޭލި ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެކަމަށެވެ.

ހުރިހާ އުމުރުފުރާ އަކަށް ހުޅުވާލައިގެން ބާއްވާ މި ފަހަރުގެ މުބާރާތްވެސް ރޯދަމަހުގެ ފަހު ހަފްތާގައި ބޭއްވުމުގެ ތައްޔާރީތައް މިހާރު ދަނީ އެ ޖަމިއްޔާއިން ކުރަމުންނެވެ.

2002 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފޭލި ގުރުއާން މުބާރާތަކީ ކީރިތި ގުރުއާން ހިތު ދަސްކުރުމާއި ތަޖްވީދުގެ މަގުން ރީތިކޮށް ގުރުއާން ކިޔަވާ މީހުން އޭދަފުށީގައި އުފެއްދުމުގެ މަގްސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން މިއީ އެ ޖަމިއްޔާއިން މި މުބާރާތް ބާއްވާ 14 ވަނަ މުބާރާތެވެ.

ގުރްއާން މުބާރާތުގެ ބައިވެރިންގެ ލިސްޓް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.