ހިތާދޫ ސްކޫލުގައި 2 ބުރީގެ އާ އިމާރާތެއް އަޅަން ބަޔަކާ ހަވާލުކޮށްފި

ހިތާދޫ ސްކޫލުގައި އަލަށް އިމާރާތްކުރާ 2 ބުރީގެ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން– ފޮޓޯ / އެޑިޔުކޭޝަން މިނިސްޓްރީ
ހިތާދޫ ސްކޫލުގައި އަލަށް އިމާރާތްކުރާ 2 ބުރީގެ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން– ފޮޓޯ / އެޑިޔުކޭޝަން މިނިސްޓްރީ

ވަސީލަތް ހަމަ މަގްބޫލް ސްކޫލްތައް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. ހިތާދޫ ސްކޫލުގައި 2 ބުރީގެ އާ އިމާރާތެއް އެޅުމަށް ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު އެވެ. އަދި ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ހަމްދޫން އަނީސް އެވެ.

ވޯލްޑް ބޭންކާއި ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދާ “އެންހޭންސް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” ދަށުން ކުރިއަށް ގެންދާ މި މަޝްރޫގެ ދަށުން ހިތާދޫ ސްކޫލުގައި ހަދާ ދެ ބުރީގެ އާ އިމާރާތުގައި 6 ކްލާސްރޫމް ހިމެނެއެވެ. މި އެއްބަސްވުމުގެ އަގަކީ 5,156,075.28 (ފަސް މިލިއަން ސަތޭކަ ފަންސާސް ހަ ހާސް ހަތްދިހަ ފަސް ރުފިޔާ އަށާވީސް ލާރި) އެވެ.

t

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން 273 ދުވަހުގެ ތެރޭގައި އިމާރާތުގެ މަސައްކަތް ނިމި، އަންނަ އަހަރުގެ މާރޗް މަހުގެ ފަހުކޮޅު އިމާރާތުގެ ބޭނުންކުރަން ފެށިގެން ދާނެ ކަމަށެވެ.

ވޯލްޑް ބޭންކް ހިލޭ އެހީގެ ދަށުން 9 ޕްރޮޖެކްޓް ގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ. އެގޮތުން ބ. ތައުލީމީ މަރުކަޒުގައި މިހާރު އިމާރާތް ކުރާ ހަތަރުބުރީގެ 12 ކްލާސް ރޫމަކީވެސް މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ މަޝްރޫއުއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.