ފެރީ ހުއްޓާލައިފިނަމަ މިނިސްޓްރީން ފެރީގެ ޚިދުމަތް ދޭނަން: އެޑިޔުކޭޝަން

l_146661830252ETKZ (1)

ފެހެންދޫ ކައުންސިލުން އެރަށުގައި ދިރިއުޅޭ ކިޔަވާކުދިން ގޮއިދޫ ސްކޫލަށް ދިއުމަށްޓަކައި ދެމުންދާ ފެރީގެ ޚިދުމަތް ކައުންސިލުން ހުއްޓާލައިފިނަމަ، މިނިސްޓްރީގެ ބެލުމުގެ ދަށަށް އެކަން ގެނެސް އެހިދުމަތް ދޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ކިޔެވުމަށް ބުރޫ ނާރާނެ ގޮތަށް އެހިދުމަތް ދިނުމަށް ތައްޔާރުވަމުން ވަމުން އަންނަ ކަމަށެވެ.

ފެހެންދޫ ކައުންސިލުން ސްކޫލު ކުދިންގެ ފެރީގެ ހިދުމަތް އަންނަ މަހުން ފެށިގެން ހުއްޓާލަން ނިންމާފައިވަނީ މި ދަތުރުތައް ކުރުމަށް ބޭނުންކުރާ އުޅަނދަކީ ކުޑަކުދިން ގޮވައިގެން ދަތުރުކުރުމަށް އެކަށީގެންވާ އުޅަނދަކަށް ނުވާތީއާއި ފެރީ ދަތުރުތައް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެވެ.

“2 އަހަރާއި 4 މަސް ވަންދެން ތަފާތު ގޮންޖެހުންތަކައެކުވެސް މިދަތުރުތައް ކުރިއަށް ގެންދިޔައީ އެޑިޔުކޭޝަން މިނިސްޓްރީން އެއްބާރުލުން ލިބޭނެ ކަމުގެ ފޮނި އުއްމީދުގައި، އެހެންނަމަވެސް އެޑިޔުކޭޝަން އިން މިހާތަނަށްވެސް އެއްވެސް އެއްބާރުލުމެއް ނުދެއްވައެވެ․ އަދި ކައުންސިލްގެ ފަރާތުންނާއި ކަމާގުޅުންހުރި އެކި މުއައްސަސާތަކާއި އެކި ފަހަރުމަތިން މުއާމަލާތުކުރެވި މިކަމަށް ހައްލެއް ނުލިބުމަކީ އެކައުންސިލުން ނުހަނު ކަންބޮޑުވެ ހިތާމަ ކުރާ ކަމެކެވެ،” ފެހެންދޫ ކައުންސިލުން ބުނެފައިވެ އެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވި ގޮތުގައި ވޭތުވެ ދިޔަ 2 މަސް ދުވަހު ސްކޫލް ކުދިންގެ ފެރީ ދުއްވާފައިވަނީ ކައުންސިލް މެމްބަރުންނެވެ.

2008 ވަނަ އަހަރު އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލް ފެރީގެ ޚިދުމަތް ގާއިމުކޮށްދޭނެ ކަމަށް ބުނެ ސްކޫލް ބަންދުކުރުމާ ގުޅިގެން ފެހެންދޫގައި ދިރިއުޅޭ ކުދިން ކިޔަވަމުންދަނީ ގޮއިދޫ ސްކޫލަށް ގޮސްގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.