ކަމަދޫ ކައުންސިލުގެ ރައީސް އިސްތިއުފާ ދެއްވައިފި

ކަމަދޫ ކައުންސިލުގެ ރައީސް އަލީ އިސްމާއިލް. އޭނާ އިއްޔެ ވަނީ ކައުންސިލުގެ ރައީސްކަމުންނާއި މެންބަރުކަމުން އިސްތިއުފާ ދީފައި
ކަމަދޫ ކައުންސިލުގެ ރައީސް އަލީ އިސްމާއިލް. އޭނާ އިއްޔެ ވަނީ ކައުންސިލުގެ ރައީސްކަމުންނާއި މެންބަރުކަމުން އިސްތިއުފާ ދީފައި

ލާމަރުކަޒީ ގާނޫނުގެ މަގުސަދު ހާސިލުކުރެވޭނެކަމަށް ގަބޫލު ނުކުރެވޭތީ ބ. ކަމަދޫ ކައުންސިލްގެ ރައީސް އަލީ އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އަލީ އިސްމާއިލުގެ އިސްތިއުފާގެ ސިޓީގައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ލާމަރުކަޒީ ނިޒާމު ދިވެހިރާއްޖެއިން ނެތި ގޮސްފައިވާ ކަމަށެވެ. އަދި ރަށްރަށުގައި އިންތިހާބުކުރެވި، ރައްޔިތުންގެ ކަންކަން ނިންމަން އިންތިހާބުކޮށްފައިވާ ވެރިން ތިބިކަމުގައިވިޔަސް ލާމަރުކަޒީ ގާނޫނުގެ މަގުސަދު ހާސިލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު މިއަދު ސަރުކާރުން “ފުޑުފުޑު” ކޮށްލާފައިވާ ކަމަށްސް އޭނާގެ އިސްތިއުފާގެ ސިޓީގައި ބުނެފައިވެ އެވެ.

އަލީ އިސްމާއިލުގެ އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ މައި ސަރުކާރުން ކައުންސިލުތަކަށް ބާރުތައް ދޫކޮށް ރައްޔިތުންގެ ކަންކަން އެރަށެއްގެ ރައްޔިތުން އިންތިހާބުކޮށްފައިތިބި ވެރިންގެ އަތްމައްޗަށް ދޫކޮށްލުމުގެ ވިސްނުމެއް މި ސަރުކާރުގައި ނެތް ކަމަށެވެ.

އަދި ލާމަރުކަޒީ ގާނޫނުގެ 111 ވަނަ މާއްދާގައި ގާނޫނު އަސާސީއާއި މި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލުތައް ހިންގައި، ކައުންސިލުތަކުގެ ޖަލްސާތައް ބޭއްވުމާއިބެހޭ އިޖުރާއީ ގަވައިދުތައް ހެދުމުގެ ބާރު ކައުންސިލުތަކަށް ލިބިގެންވީ ހިނދު ލޯކަލް ގަވަމެންޓް އޮތޯރިޓީން ކައުންސިލުތަކާމެދު އަމަލުކޮށްފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

“އެންމެ ކުޑަމިނުން ކައުންސިލު ހިންގާ ގަވައިދު ހެދުމުގެ އިޚްތިޔާރުވެސް ކައުންސިލުތަކުގައި ނެތްކަން ފާހަގަކުރަމެވެ،” އެމްޑީޕީގެ ފަރާތުން ކައުންސިލް މެމްބަރަކަށް ހޮވިފައިވާ އަލީ އިސްމާއިލްގެ ސިޓީގައިވެ އެވެ.

ކަމަދޫ ކައުންސިލުގައި ތިބެނީ އެމްޑީޕީގެ 3 މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރަކާއި ޕީޕީއެމްގެ މެމްބަރެކެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢަބްދުﷲ

    އިސްތިއުފާ ދެއްވި އަސްލު ސަބަބު ހާމަކޮށްލިނަމަ ހާދަ ގިނަ ބަޔަކަށް ޙަޤީޤަތް އެނގުނީސްތާ. އެކަމު އެހިތްވަރެއްނެތި، އެހެން ވާހަކައެއް ދައްލާ އޮޅުވާލުންނޫން އެހެންކަމެއް މިވެރިންނަކަށް ހަމަ ނޭގޭނެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.