ދިރާގުން ކުޑަކުދިންގެ ހިޔާގެ ޓީޗަރުން އިތުރު އަހަރަކަށް ސްޕޮންސާކޮށްފި

dhiraagu-2

ދިރާގުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ޓީޗަރުން އިތުރު އަހަރަކަސް ސްޕޮންސާރކޮށްފި އެވެ.

ދިރާގާއި ކުޑަކުދިންގެ ހިޔާއާއި ދެމެދު ވެވިފައިވާ މި އެއްބަސްވުން މިއަދު އިތުރު އަހަރަކަށް އާކުރެވިގެން ދިޔައިރު، ދިރާގުން އަންނަނީ 2008 ވަނަ އަހަރުން ފެށިގެން އެތަނުގެ ޓީޗަރުން ސްޕޮންސަރ ކުރަމުންނެވެ.

އެތަނުގެ މުވައްޒަފުން ސްޕޮންސަރ ކުރުމުގެ އިތުރުން ދިރާގުން މިހާރުވެސް އަންނަނީ ކުޑަކުދިންގެ ހިޔާއަށް 2008 ވަނަ އަހަރުން ފެށިގެން ޕޭރަންޓަލް ކޮންޓްރޯލާއިއެކު ހިލޭ އިންޓަނެޓް ފޯރުކޮށްދެމުންނެވެ. ހަމައެޔާއިއެކު 2013 ވަނަ އަހަރު ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާގައި 2 ކޮމްޕިއުޓަރު ލެބާއިއެކު ލައިބްރަރީ ސެޓަޕެއްވެސް ގާއިމުކޮށްފައެވެ.

މީގެ އިތުރުންވެސް ދިރާގުން އަންނަނީ ކޮންމެ އަހަރެއްގެ ސްކޫލް ބަންދާއި ދިމާކޮށް އެކުދިންނަށް މަޖާ އުފާވެރި މާހައުލެއް ހޯދައިދިނުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް ނުވަތަ އެފަދަ ކޮންމެވެސް ހަރަކާތެއް ރާވައިދެމުންނެވެ.

ދިރާގުން މިހާރުވެސް އަންނަނީ އެކި ގޮތްގޮތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން މިއަހަރުގެ ކުރީކޮޅު ދިރާގުންވާނީ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ގުޅިގެން އޮންލައިން ޗައިލްޑް ސޭފްޓީ ޕްރޮގްރާމެއް ހިންގާފައެވެ. އަދި ހަމަ މިއަހަރު އޯޓިޒަމް އެސޯސިއޭޝަނުގައި އިންޑޯ ޕްލޭ އޭރިޔާއެއް ގާއިމުކޮށް، ކެއަރ ސޮސައިޓީއަށް ބޭނުންވާ ތަފާތު ތަކެތި ހަދިޔާކޮށްފައިވެއެވެ. އެޔާއިއެކު މިދިޔަ މަހުގެ ތެރޭގައި، ސ.ހިތަދޫ އަލް-ނޫރު ސެންޓަރު، އަދި ލ. އަތޮޅު ގަން ތުނޑި އަދި މަތިމަރަދޫގެ އިތުރުން ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ކްލާސްތަކަށް، ކޮންމެ ކްލާހަކަށް 100،000ރ ގެ ތަކެތި ހަދިޔާކޮށްފައެވެ.

އާކުރެވިގެންދިޔަ މި އެއްބަސްވުމާއި ގުޅިގެން، ކުރިޔަށް އޮތްތަނުގައިވެސް ދިރާގާއި ކުޑަކުދިންގެ ހިޔާއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމުގައި ދިރާގުން ފާހަގަކުރެއެވެ.

ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން އަންނާ ދިރާގު ސްޕެޝަލް ސްޕޯރޓްސް ފެސްޓިވަލަކީވެސް ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކުރެވިގެން ބޭއްވޭ އެފަދަ އެންމެ ބޮޑު ހަރަކާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.