ފޭލި ގުރުއާން މުބާރާތް އަންނަ ހޯމަ ދުވަހުގެރޭ ފަށަނީ

އޭދަފުށީގަިއ ބޭއްވި ގުރުއާން މުބާރާތެއްގައި ދަރިވަރަކު ކިޔަވަނީ-- ފައިލް ފޮޓޯ
އޭދަފުށީގަިއ ބޭއްވި ގުރުއާން މުބާރާތެއްގައި ދަރިވަރަކު ކިޔަވަނީ– ފައިލް ފޮޓޯ

ބ. އޭދަފުށީ ފޭލި ޖަމިއްޔާއިން ބާއްވާ ގުރުއާން މުބާރާތް އަންނަ ހޯމަ ދުވަހުގެރޭ ފެށުމަށް އެ ޖަމިއްޔާއިން ތައްޔާރުވެއްޖެ އެވެ.

ފޭލި ޖަމިއްޔާއިން ބުނީ އެ ޖަމިއްޔާއިން ރޯދަމަހުގެ މުނާސަބަތުގައި އަހަރަކު އެއް ފަހަރު ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވާ މީހުންގެ އަދަދު އަހަރެއް އަހަރަކަށް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި 393 މީހުންނާއި ކުދިން ބައިވެރިވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ފޭލި ޖަމިއްޔާއިން ބުނީ މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ ލިސްޓް އަދި ދަރިވަރުން ކިޔަވަންޖެހޭ ގޮތުގެ ޝެޑިއުލް މިހާރު ފޭލި ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެ ކަމަށެވެ. އަދި ފޭލި ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެ ކަމަށެވެ.

މި މުބާރާތަކީ ހުރިހާ އުމުރުފުރާ އަކަށް ބައިވެރިވެވޭގޮތަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

2002 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފޭލި ގުރުއާން މުބާރާތަކީ ކީރިތި ގުރުއާން ހިތު ދަސްކުރުމާއި ތަޖްވީދުގެ މަގުން ރީތިކޮށް ގުރުއާން ކިޔަވާ މީހުން އޭދަފުށީގައި އުފެއްދުމުގެ މަގްސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން މިއީ އެ ޖަމިއްޔާއިން މި މުބާރާތް ބާއްވާ 14 ވަނަ މުބާރާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.