އުފާ ބޯޓުގެ ދަތުރުތައް އޭދަފުއްޓާއި މާލެއާއި ދެމެދު މިއަދު ފަށައިފިއެވެ.
ފައިބަރުން ބަނދެފައިވާ 85 ފޫޓުގެ މި ބޯޓުގެ ދަތުރުތައް މި ރޯދަމަސް ނިމުމުގެ ކުރިން ފަށާނެ ކަމަށް
ބޯޓުގެ ވެރިޔާ އިބްރާހީމް ރަޝީދު ވަނީ މީގެ ކުރިން ބުނެފައެވެ.
މި ބޯޓުން ދަތުރުކުރާ ފަރާތްތަކުން ނަގާ އަގަކީ 150 ރުފިޔާ އެވެ.
ބޯޓުގެ ދަތުރުތައް މިއަދު ފަށާފައިވާއިރު އީދަށް ހާއްސަކޮށް އަންނަ އަންގާރަ ދުވަހުވެސް ދަތުރެއް ކުރަން ވަނީ ހަމަޖެހިފައެވެ. އަންގަރާ ދުވަހު ބޯޓު މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ މެންދުރު 1:00 ގައެވެ.
ބޯޓަށް ގުޅޭނެ ނަންބަރަކީ 9199887 އަދި 7999290 އެވެ. އޭދަފުއްޓާއި މާލެއާއި ދެމެދު މިހާރު ދަތުރުކުރާ ހަމައެކަނި ބޯޓަކީ އަގޯޓާ އެކްސްޕްރެސް އެވެ.