ޓިކެޓްގެ އަގު ބޮޑުކޮށް އެމްޓީސީސީން ބ. އަތޮޅު ފެރީގެ ހިދުމަތް ފަށައިފި

DSC_0275
ބ. އަތޮޅު ފެރީގެ ޚިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދޭން ފަށައިފި އެވެ.

އެމްޓީސީސީ މިއަދު ފެރީގެ ހިދުމަތް ދޭން ފަށާފައިވަނީ ޓިކެޓްގެ އަގުތައްވަނީ ކުރިން ޓިކެޓް ވިއްކި އަގަށްވުރެ ބޮޑުވެފަ އެވެ.

ޖޫން 30 ވަނަ ދުވަހާއި ހަމައަށް މި އަތޮޅުގައި ފެރީގެ ހިދުމަތް ދިފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އެފަރާތުން ފެރީގެ ހިދުމަތް ދިންއިރު ދަތުރުތަކަށް ނަގަނީ ކުރު ދަތުރަކަށް 20ރ އަދި ދިގު ދަތުރަކަށް 25ރ އެވެ.

ނަމަވެސް ދަތުރުތަކުގެ ދިނުމިނަށް ބަލައިގެން އެމްޓީސީސީން ވަނީ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކުރު ދަތުރަކަށް މިހާރު 30 ރ، ނަގާއިރު އެންމެ ދިގު ދަތުރަކަށް މިހާރު ނަގަނީ 55ރ، އެވެ.

Page 1

އަދި އެމްޓީސީން މި ހިދުމަތް ފެށިއިރު ދަތުރުގެ ޝެޑިއުލަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

މުޅި ރާއްޖޭގައި ފެރީގެ ހިދުމަތާއި ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މީގެ ކުރިން އޮތް ފެރީގެ ނިޒާމަކީ ރައްޔިތުންނަށް ބޮޑު ތަކުލީފެއް ކުރިމަތިވާ ހިދުމަތެއް ކަމަށެވެ.page 2

މިނިސްޓަރު ވިދާޅުވީ އެމްޓީސީސީއާ މި ހިދުމަތް ދިނުމަށް ހަވާލު ކުރީ ޒަމާނީ ފެންވަރަށާއި ހަލުވި ދުވެއްޔެއްގައި ހިދުމަތް ދޭން ކަމަށެވެ.

ނަމަވެސް އެމްޓީސީސީން މިއަތޮޅުގައި މި ޚިދުމަތް ދޭންފެށި އިރު އުޅަނދުތަކުގެ ފެންވަރަށާއި ސްޕީޑަށް ބަދަލު އައިސްފައިނުވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

p_3

shedule

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.