ކުރި އަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮޖިކަލް ސެންޓަރު (މެޓް) އިން ބުނެފި އެވެ.
މެޓުން މޫސުން ލަފާކުރާ ގޮތުގައި އެންމެ ބޮޑަށް ވިއްސާރަކުރާނީ އުތުރާއި މެދުތެރޭގެ ރަށްރަށަށެވެ. ނަމަވެސް ދެނުކުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރުފޯރުން އެކަށީގެންވާ ކަމަށް މެޓުން ލަފާކުރއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު 5 މޭލާއި 15 މެލާ ދެމެދު ބާރު މިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުނެއެވެ.
ރޭ ފަތިހުން ފެށިގެން ބ. އަތޮޅުގެ ރަށްރަށަށް ވެސް ދަނީ ވާރޭވެހެމުންނެވެ.
މި ވިއްސާރައިގައި، އުތުރާއި މެދުތެރޭ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެތީ މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން އިލްތިމާސްކުރެ އެވެ.