އެމްޓީސީސީން އަތޮޅުތެރޭގައި އިއްޔެ ދޭންފެށި ފެރީގެ ހިދުމަތުގެ އަގު ހެޔޮކޮށްފި

Ferry

އެމްޓީސީސީން އަތޮޅުތެރޭގައި އިއްޔެ ދޭންފެށި ފެރީގެ ހިދުމަތުގެ އަގު ހެޔޮކޮށްފި އެވެ.

އެ ކުންފުނިން ބުނީ ފެރީގެ ހިދުމަތް އަލަށްފެށި 9 އަތޮޅުތަކުގައި ވެސް ދަތުރަކަށް ނަގާނީ އެ ކުންފުނިން ހިދުމަތް ދޭ އެހެން އަތޮޅުތަކުގައި ވެސް ނަގަމުންދާ އަގު ކަމަށެވެ. އެއީ އަތޮޅު ތެރޭގެ ދަތުރަކަށް ނަމަ ޖީއެސްޓީއާ އެކު 22ރ. އަދި އަތޮޅުން ބޭރު ދަތުރެއް ނަމަ ޖީއެސްޓީއާ އެކު 53ރ. އެވެ.

ނަމަވެސް މިމަހު ފެރީ ދަތުރުތަކާ އެ ކުންފުނިން ހަވާލުވިއިރު ދަތުރުތަކުގެ ދިނުމިނަށް ބަލައިގެން އަގުތަކަށްވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މިއަތޮޅު ތެރޭގައި ކުރު ދަތުރަކަށް 30ރ، ނަގާއިރު އެންމެ ދިގު ދަތުރަކަށް ނަގަން ނިންމާފައި އޮތީ 55ރ އެވެ․

އެނގިފައިވާ ގޮތުގައި އެމްޓީސީސީން ފެރީ ދަތުރުތަކުގެ އަގު ހެޔޮކުރީ އަގު ބޮޑުކޮށް ދަތުރުތައް ކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާތަކާ ގުޅިގެންނެވެ․

“އަޅުގަނޑުމެން އިއްޔެ ދަތުރު ތައް ފެށުމާއި އެކު ރާއްޖޭގެ އެކި ހިސާބުން ރައްޔިތުންގެ ޝަކުވާ ލިބެމުން ދިޔަ. ބުނި ގަޑިއަށް ނުދެވުމާއި އަގުގެ މައްސަލަވެސް އެހެންވެ އިއްޔެ ދަތުރު ކުރި އެއްވެސް މީހެއްގެ އަތުން ފައިސާ އެއް ނުނަގަން. ރޭގެ ބައްދަލުވުމުން ނިންމީ ކުރިން ނަގަމުން އައިގޮތަށް އަތޮޅު ތޭގައި 20 ރުފިޔާ ނަގަން” އެމްޓީސީސީގެ އޮފިޝަލް ވިދާޅުވި އެވެ.

އެމްޓީސީސީން މިއަތޮޅުގައި މިހާރު ފެރީ ޚިދުމަތް ދެމުން ގެންދަނީ ކުރިންވެސް މި ޚިދުމަތް ދެމުން ގެންދިޔަ އުޅަނދު ތަކުގައެވެ․ ނަމަވެސް ކުރިއަށް އޮތް ތިންމަސް ދުވަސް ތެރޭގައި ރަނގަޅު ފެންވަރުގެ އުޅަނދުގައި ޚިދުމަތް ދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ․

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.